ރިސޯޓެއް ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ކޮށް ނުވި ލ. ތުނބުރި އެންމެ ފަހުން ދަނޑުވެރިކަމުގެ މަސައްކަތަށް ކުއްޔަށް ދޫކޮށްފިއެވެ.

18 ހެކްޓަރުގެ އެ ރަށް ނޮވެމްބަރު 21، 2022 ގައި ވާދަވެރި ބިޑަކުން ހޯކްސް ކުންފުންޏަށް ދިނީ އަކަފޫޓަކަށް 10 ލާރިއަށެވެ. އެ ރޭޓުން ބަލާނަމަ އެއީ 12,908.81 ރުފިޔާއެވެ.

ތުނބުރީގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމުމުން ފިޝަރީޒް މިނިސްޓްރީން އެ ކަމުގައި ކައުންސިލްގެ ލަފައަކަށް އެދުނު ނަމަވެސް އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނުމުން ރަށް ކުއްޔަށް ދޭން ނިންމީ ކަމަށް ޅ އަތޮޅު ކައުންސިލުން ބުންޏެވެ.

ތުނބުރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއު ހިންގަން އެންމެ ފުރަތަމަ ނިންމި ރަށެވެ. ނަމަވެސް އެމްއައިޓީޑީސީން ހިންގަން އުޅުނު މަޝްރޫއު ފަހުން ބަދަލުކުރީ ބަރެސްދޫއަށެވެ.

ބަރެސްދޫ ތަރައްގީކުރާން ޕްލޭން ކުރި ގޮތް

ތުނބުރި ހިމެނޭ ގޮތަށް ފަސް ރަށެއްގައި ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީން އިއުލާނުކުރީ 2021 ވަނަ އަހަރު އެވެ.

"ބަރެސްދޫ" ގެ ނަމުގައި ފަހުން ހިންގަން ނިންމި ޕްރޮޖެކްޓްގެ ފައިސާ، އެކުންފުނީގެ އިސްވެރިން ބޭނުންކުރި މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގު މަރުހަލާތަކެއް ކުރިއަށް ގެންގޮސްފައެވެ.