ކަލާސް ޓީވީގެ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 16 އެމްސީ ސްޓޭން ކާމިޔާބު ކޮށްފިއެވެ.

ރޭ ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ ބިގް ބޮސް ފިނާލޭގައި އެކަން އިއުލާނު ކުރިއިރު، އެމްސީ އާއި އެންމެ ކައިރިން ވާދަ ކޮށްފައިވަނީ ޝިވް ތާކްރޭ އެވެ. ދެވަނަ އަށް އޭނާ ދިޔައިރު ތިން ވަނަ އަށް ގޮސްފައިވަނީ ޕްރިޔަންކާ ޗަހާރް ޗޯދަރީއެވެ. މި ތަރިންގެ އިތުރުން މި ސީޒަންގެ ޓޮޕް ފަހެއްގައި ހިމެނިފައި ވަނީ، އަރްޗަނާ ގޯތަމް އަދި ޝަލިން ބަނޮތު އެވެ.

ހަތަރު މަހަށްވުރެ ގިނަ ދުވަހަށް ދިގު ދެމިގެންދިޔަ މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނީ ޕްރިޔަންކާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް އެމްސީ ސްޓޭން އާއި ޝިވް ތާކްރޭ އަށްވުރެ މަދުން ވޯޓު ލިބިގެން އޭނާ ވަނީ މި ޝޯގެ ތިން ވަނަ އަށް ގޮއްސައެވެ. ބިގް ބޮސް ހައުސް ވަދެ ފުރަތަމަ ދުވަސްކޮޅު އެމްސީ މަޑުމަޑުން ހުރި ނަމަވެސް އޭނާ ވަނީ އެގެއަށް ފަހުން ހޭނި އޭނާގެ ފިޔަގަނޑު ފަޅާފައެވެ. އެމްސީ އަކީ މަޝްހޫރު ރެޕާ އެކެވެ. އެއްވަނަ އަށް ދިޔަ އެމްސީ އަށް ހޮންޑާގެ އައި 10 ނިއޯސް ކާރެއް ލިބުނު އިރު ބިގް ބޮސްގެ ޓްރޮފީ ވަނީ ލިބިފައެވެ. އޭގެ އިތުރުން 21 ލައްކަ އިންޑިއަން ރުޕީސް ލިބިފައެވެ.

ބިގް ބޮސް ގެ ދެވަނަ އަށް ދިޔަ ޝިވް ތާކްރޭ ވަނީ މީގެ ކުރިން ބިގް ބޮސް މަރާތީ ކާމިޔާބު ކޮށްފައެވެ.