ދެހާސް ނަވާރަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ފްރޯޒަން 2" ގެ ތިން ވަނަ ބައި ޑިޒްނީ އިން އިއުލާންކޮށްފިއެވެ.
ޑިޒްނީ ސްޓޫޑިއޯއިން ޕިކްސާއާ ގުޅިގެން ގެނެސްދޭ ތިން ވަނަ ބަޔަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ ތިން ވަނަ ބައެއް އާންމުންނާ ހަމައަށް ގެންނާނެކަން އިއުލާންކުރި ނަމަވެސް ފިލްމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ބުނީ މުސްތަގްބަލުގައި ފިލްމުގެ މައުލޫމާތު އާންމުންނަށް ހިއްސާކުރާނެ ކަމަށާއި ފިލްމު ކުރިއަށް ގެންދާނީ ދެވަނަ ބައި ނިންމާލި ހިސާބުން ވާހަކަ ކުރިފަޅުވައިގެން ކަމަށެވެ.
"ފްރޯޒަން" ސީކުއަލް އަކީ އެއްބަނޑު އެއްބަފާ ދެބެއިން ކަމުގައިވާ ޕްރިންސަސް އެލްސާ އާއި އާނާ އަށް ނިސްބަތްކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައި ނިމިގެންދަނީ އާނާ އަށް ރާނީގެ ތާޖު ލިބުމަށްފަހުއެވެ. އަދި އެލްސާ އަށް ޖާދުވީ ބާރުތައް ލިބުނުގޮތުގެ އަސްލު ހަގީގަތްވެސް އެނގިގެންދެއެވެ. އެލްސާ އަށް ޖާދޫވީ ބާރުތައް ލިބުނު ނަމަވެސް އާނާ އަކީ އާދައިގެ ޕްރިންސަސް އެކެވެ.
ފިލްމުގެ އެންމެ ފުރަތަމަ ބައި "ފްރޯޒަން" އާންމުންނާ ހަމައަށް އައީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އޭގެ ފަސް އަހަރުފަހުން 2019 ވަނަ އަހަރު ފިލްމުގެ ދެވަނަ ބައި ނެރުނެވެ. އެ ފިލްމަށް ވެސް ފުރަތަމަ ފިލްމެކޭ އެއްފަދައިން އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބުނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ފިލްމުގައި އާނާ ގެ ކެރެކްޓަރަށް އަޑުއަޅާފައިވަނީ ކްރިސްޓަން ބެލް އެވެ. އެލްސާގެ ރޯލަށް އައިޑީނާ މެންޒެލް އަޑު އަޅފައިވާއިރު، އާނާގެ ރޯލަށް އަޑު އަޅާފައިވަނީ ހޮލީވުޑްގެ ބަތަލާ ކްރިސްޓަން ބެލްއެވެ. އެލްސާ ގެ ރޯލަށް އަޑުއެޅި އަޑުއެޅީ ބަތަލާ އައިޑީނާ މެންޒެލްއެވެ.