މިހާރު އިންޑިއާގެ މަޖިލީހުގައި ހިނގަމުންދާ ގޯތަމް އަދާނީގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު މަޖިލީހަށް މާދޯ ވަޑައިގަތީ ޕްލާސްޓިކް ފުޅި ރިސައިކަލް ކޮށްގެން ހަދާފައިވާ ޖެކެޓެއް ތުރުކުރައްވައިގެންނެވެ.

މި ޖެކެޓަކީ އިންޑިއާގެ އެނާޖީ ވީކްގައި އެގައުމުގެ އޮއިލް ކޮމްޕެނީން މޯދީއަށް ހަދިޔާ ކުރި ޖެކެޓެކެވެ. މަޑު ނޫކުލައިގެ މި ޖެކްޓް، އެކުންފުނިން އުފެއްދާ މޯދީ އަށް ހަދިޔާ ކުރީ، އެކުންފުނީގައި ކުރިއަށް ގެންދާ، "އަންބޮޓަލްޑް" ޔުނިފޯން ތައާރަފް ކުރުމުގެ ކެމްޕެއިންގެ ދަށުންނެވެ.

ޕްލާސްޓިކް ނޫން ގޮތެއް ކުރިއެރުވުމަށް ދުނިޔޭގެ އެކި ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގައިވެސް ޝިއާރުތައް ކުރިއަރުވަމުން ދާ އިރު އެކުންފުނީގެ އަމާޒަކީ ވެސް ފްލާސްޓިކާ ދުރުވުމެވެ.

މަޖިލީހުގައި ގޯތަމް އަދާނީގެ މައްސަލަ ހޫނުވެފައި އޮތް އިރު، ވެރިކަން ކުރާ ބީޖެޕީއާއި އިދިކޮޅު ކޮންގްރެސް އިން ވަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލުކޮށްފައެވެ. އެގޮތުން އިދިކޮޅު ލީޑަރު ރާހޫލް ގާނދީ ވިދާޅުވީ، އެއާޕޯޓު ފަދަ މަސައްކަތް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތީސް އަދާނީގެ މަސައްލަހަތު އޮންނަ ކުންފުނިތަކަށް 6 އެއާޕޯޓެއް ދީފައި ވާ ކަމަށެވެ. އަދި އަދާނީގެ ކުރިއެރުމަކީ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ސީދާ ގުޅިގައި ހުރި ކަންކަން ކަމަށް ބުނެވެސް އިދިކޮޅުން ވަނީ ވަރުގަދަ ތުހުމަތުތައް ފެންމަތިކޮށްފައެވެ. އެގޮތުން އަދާނީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވިޔަފާރިތައް ދިނުމަށާއި މަންފާތައް ހޯދައި ދިނުމަށް ގާނޫނުތައް އެމަގަށް ބައްޓަން ކޮށް ބަދަލުތައް ގެންނަ ކަމުގެ ތުހުމަތު ކުރިއެވެ.

މޯދީގެ ވާހަކަގައި އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވަމުން ވިދާޅުވީ، އިންޑިއާގެ ކުރިއެރުމާ ހެދި އިރިކޮޅުގައި "ރިހުމެއް" ހުރި ކަމަށާއި އެކަން އެކަންކަން އަމިއްލައަށް ބަލައި ފަރުވާ ހޯދުމަށެވެ. އަދި އިދިކޮޅުގެ ވާހަކަގައި އެގައުމުގެ ރައީސަށް ފާޑުކިޔާފައި ވާތީ މޯދީ ވަނީ އެކަން ކުށްވެރިކުރައްވައި، އެގައުމުގެ ރައީސަކީ ވިޝަނަރީ އަދި ދުރުވިސްނޭ ބޭފުޅެއް ކަމަށް ވިދާޅުވެ، އިދިކޮޅުން ދެއްކި ވާހަކަތަކަށް ހޫނު ރައްދު ދެއްވާފައެވެ.