ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ނުފެނިފައިވާ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔައީ ޒީކް ބިންތި މުހައްމަދު ރިޔާޒް، އާގިސާމަންޒިލް / ތ. ދިޔަމިގިލި (15އ) އެވެ.

ފުލުހުން އޭރު ބުނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 5 ޖަހާކަން ހާއިރު ގެއިން ބޭރަށް ދިޔަ ގޮތަށް ޒީކް އެނބުރި އައިސްފައި ނުވާތީ ޖެހިގެން އައި ދުވަހުގެ އިރުއޮއްސި 6:17 ހާއިރު، އޭނާގެ އާއިލާއިން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޒީކްގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، ޒީކް އެންމެ ފަހުން ފެނުނު އިރު ހުރީ ކަޅު ކުލައިގެ ޝޯލަކާއި ހިތުގެ ބައްޓަން ކުރަހާފައި ހުރި ކަޅު ޓޮޕަކާއި އަޅިކުލައިގެ ޖީންސެއް ލައިގެންނެވެ.

ފުލުހުން ދާދި ދެންމެ އަކު އޭނާ ފެނުނު ކަން އިއުލާނުކޮށް އެ މައުލޫމާތު ހިއްސާކޮށްދިން އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރުއަދާކޮށްފައެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.