ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހު ފަސޭހަކަމާއެކު "ވައިޓް ބޯޑު" ކަލަންޑަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

30 ޖެނުއަރީ 2023 އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ހާއްސަ ހަރަކާތްތަކެއް ރާވާފައި ވާއިރު އެލައިޑުން ބުނީ 2023 ވަނަ އަހަރަކީ އެލައިޑަށް ވަރަށް ހާއްސަ އަހަރެއް ކަމަށެވެ. މި އަހަރަށް ހާއްސަކޮށްގެން އެލައިޑުން އުފެއްދި ކަލަންޑަރަކީ ފަންނުވެރިކަން އިސްކޮށް އޮފީހުގެ މަސައްކަތްތައް ރާވާލައި ހިންގާލުމަށް އެހީއެއް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ 'ވައިޓް ބޯޑު' ކަލަންޑަރެކެވެ.

މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހާއި އެނޫން ތަންތަނުގައި ވެސް ނޯޓުކުރަން ޖެހޭ މުހިންމު ކަންކަމާއި ޑެޑްލައިންސް ނޯޓުކުރެވޭނެ ޓޫލްއެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖު ވެސް ކޮށްލެވޭނެއެވެ. އަހަރު ނިމުނީމާ ވެސް މި ބޯޑު ބޭނުން ކޮށްލެވޭނެއެވެ.

އެލައިޑުގެ "ވައިޓް ބޯޑު" ކަލަންޑަރުގެ ބޭނުންތެރިކަމާއި ފަސޭހަކަމާ ގުޅިގެން އެ ކަލަންޑަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ހޯދުމަށް ގިނަ ފަރާތްތަކަކުން މަސައްކަތް ކުރަމުން ދެއެވެ.

މި މަހު މިހާތަނަށް ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް އެލައިޑުން ކުރިއަށް ގެންގޮސްފައި ވާ އިރު އެލައިޑްގެ 38 ވަނަ އަހަރީ ދުވަސް ކަމުގައިވާ ޖެނުއަރީ 30، 2023 ވަނަ ދުވަހު، އެލައިޑްގެ ފްރަންޓް އޮފީސް؛ ހ. އޯކިޑުން ޕޮލިސީއެއް ގަންނަ ފުރަތަމަ 38 ފަރާތަށް ކަލަންޑަރެއް ލިބޭނެއެވެ.

އިންޝުއަރަންސް ޕްލޭނެއް ގަތުމާއި އެއިލް ލިބޭނެ ފައިދާ

މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށް ވުމަށެވެ.

އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަން ވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެއެވެ. އިންޝުއަރަންސް ޕްލޭނެއް ގަތުމަކީ ވެސް ނުހަނު ފަސޭހަ ކަމެކެވެ.—ވަރަށް ފަސޭހައިން ގަނެވޭ އިންޝޫރެންސް ޕްލޭންތައް ހުރެއެވެ. މިސާލަކަށް ކޮންމެ އަހަރަކު ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރަންސަކީ އެލައިޑްގެ "މައި އެލައިޑް" ޕޯޓަލްއިން ވަރަށް ފަސޭހައިން ބައްލަވައިގަނެވިދާނެ ޕްލޭނެކެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ފައިސާ ދައްކާލައިގެން ގަނެވިދާނެއެވެ.

އެލައިޑްގެ އަހަރީ ދުވަހު ސައިކަލުގެ އިންޝުއަރަންސް އާކޮށްލައްވައިގެން މުޅި އަހަރު ދުވަހަށް ތާޑް ޕާޓީ އިންޝުއަރަންސްގެ ރައްކާތެރިކަމުގެ އިތުރުން އެލައިޑްގެ 2023 ވަނަ އަހަރުގެ ޗާލު ކަލަންޑަރު ވެސް ލިބިދާނެއެވެ. މީގެ އިތުރުން، ގޭގައި ގެންގުޅޭ ފަރުނީޗަރާއި ބޮއްކާއި އެއާކޮންޑިޝަނާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ހިޔާވަހި" ޕްލޭނެއް (ނުވަތަ ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ފަރާތެއް ނަމަ "އަހަރެންގެ ހިޔާ" ޕްލޭނެއް) ވެސް ގަނެވިދާނެއެވެ. މިއީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި މުދަލަށް، ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ގޮތެކެވެ. އަދި 30 ޖެނުއަރީގައި މި ޕްލޭން ވެސް ގަނެގެން އެލައިޑްގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ރާއްޖެއިން ބޭރަށް ދަތުރެއް ރާވާފައި ވާނަމަ، ޓްރެވަލް ޕްލޭނެއް ވެސް އޮންލައިންކޮށް ބައްލަވައިގަނެގެން ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަމާއި އަދި ދަތުރުމަތީގައި އުޅެނިކޮށް ކުރަންޖެހޭ ސިއްހީ ފަރުވާއަށް ދާ ހަރަދު ވެސް ހޯދޭނެ ގޮތް ގެރެންޓީކޮށްފައި ބެހެއްޓިދާނެއެވެ. 30 ޖެނުއަރީގައި ޓްރެވަލް ޕްލޭނެއް ބެސް ގަނެގެން ކަލަންޑަރެއް ހޯދަންވީއެވެ.

މިހެން ގޮސް އެކި ކަހަލަ ޕްލޭންތައް އެލައިޑު އަދި އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްގައި އެބަހުއްޓެވެ. އެލައިޑްގެ އަހަރީ ދުވަހާ ދިމާކޮށް މިއިން ޕްލޭނެއް ބައްލަވައިގަނެގެން ދެމެހެއްޓެނިވި ގޮތުގައި ޓާސްކް މެނޭޖުކޮށްލުމަށް އެލައިޑްގެ ކަލަންޑަރެއް ހޯދަންވީއެވެ.