ދުނިޔޭގެ އެތަން މިތަނުގައި ހަރަކާތަތެރިވާ ހަތިޔާރުއެޅި ޖަމާއަތް، އައިސިލް ނުވަތަ އައިސިސް ހިންގުމުގައި މާލީ ކަންކަމާއި މުއާމަތްތައް ކުރުމުގައި އެންމެ އިސްރޯލެއް ކުޅޭ އެކަކު އެމެރިކާއިން މަރާލައިފިއެވެ.

އެމެރިކާއިން ގަބޫލު ކުރާ ސޯމާލީއާގެ އައިސިސްގެ ލީޑަރު ބިލާލް އަލް ސޫދާނީ މަރާލީ މިދިޔަ ބުދަދުވަހު ކަމަށް ބުނެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ، އޭނާ އާ އެކު އިތުރު 10 މީހަކު މަރާލެވިފައި ވާ ކަމަށާއި އެ އޮޕަރޭޝަން ހިންގީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހާއްސަ ހުއްދައެއްގެ ދަށުން އެމެރިކާ ސިފައިން ކަމަށެވެ. އަދި އޭނާ މަރާލީ ސޯމާލިއާގެ އުތުރު ބިތުގެ ސަރަހައްދަކުން ކަމަށް ވެސް ބުނެއެވެ.

އޮސްޓިން އިތުރަށް ވިދާޅުވީ، އެފްރިކާގެ އިތުރުން އަފްގާނިސްތާން ކަހަލަ ގައުމުތަކުގައި އައިސިސް ފުޅާކޮށް ހިންގުމުގެ އެންމެ އިސްރޯލެއް އަދާ ކުރާނީ މި ސޫނާދީ ކަމަށެވެ. އަދި ބޭރު ގައުމުތަކުން އައިސިސް އާ ގުޅެން ދާ ހަނގުރާމަ ވެރިންނަށް ފައިސާގެ ކަންކަން ހަމަޖެހޭނެ އިންތިޒާމް ހަމަޖައްސައިދެނީވެސް މި ސޫދާނީ ކަމަށް ބުނެއެވެ.

މި ސޫނާދީ ނިސްބަވްތާ ޖަމާއަތުން ސޯމާލިއާގެ ސަރުކާރު ވައްޓާލައި އެމީހުން ގަބޫލު ކުރާ ހަރުކަށި ފިކުރުގެ ސަރުކާރެއް ގެންނަން ހަމަނުޖެހުންތައް ހިންގާ ހަމަލާތައް ދެމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. 2007 އިން ފެށިގެން އެކި ޒާތުގެ އާލާތްތައް އުފައްދާ ރަށުތެރޭގައި ގޮއްވާ ހަދާފައި ވެއެވެ.