ކްރެޑިޓް ކާޑުގެ ބަދަލުގައި މޮބައިލް ބެލެންސް ބޭނުންކޮށްގެން އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމް ތަކުގައި ބޭނުން ކުރެވޭ ގިފްޓް ކާޑާއި ކޯޑުތަށް ކާރްތީ ސްޓޯ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް އުރީދޫން ހަމަޖައްސައިފިއެވެ.
އުރީދޫ މޯލްޑިވްސްއިން ނެރުނު ޕްރެސް ރިލީސްގައި ބުނެފައި ވަނީ އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްރެޑިކް/ޑެބިޓް ކާޑާ ނުލައި މޮބައިލް ބެލެންސް ބޭނުންކޮށްގެން ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ކާރްތީ ސްޓޯ މެދުވެރިކޮށް ފަސޭހަކާއެކު ގަނެވޭނެ ކަމަށެވެ.
އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑް ގަތުމަށް:
- ބޭނުންފުޅުވާ ގިފްޓް ކާޑް ހިޔާރު ކުރައްވާ
- ގައުމު ގެ ގޮތުގައި މޯލްޑިވްސް ހިޔާރުކުރައްވާ
- މޮބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހިޔާރުކުރައްވާ
- މޯބައިލް ނަންބަރު ޖެސެވުމަށްފަހު ޕާޗޭސްއަށް ފިއްތާލައްވާ
- ޕާޗޭސް ފުރިހަމަ ކުރެއްވުމުން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
- ޕިން ނަންބަރު ޖައްސަވާ ކޮންފާމް އަށް ފިއްތާލައްވާ
- ޕިން ނަންބަރު ރަގަޅަށް ޖެއްސެވުމުން ބައްލަވައިގަތް ކާޑު "މައި ކާޑްސް"އިން ފެނިވަޑައި ގަންނަވާނެ
އުރީދޫ މޯލްޑިވްސް އާއި ކަރްތީގެ ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ، ކާރްތީ ސްޓޯ އިން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯދޭނެ ކަމަށާ، ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރްތީ ސްޓޯރުން ތަކެތި ގަނެވޭން ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ މި ލިންކުން ކާރްތީ ސްޓޯއަށް ރަޖިސްޓަރީ ވެވޭނެ ކަމަށާ، އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލްގައިވާ ލިންކް އިން އެކައުންޓް އެކްޓިވޭޓް ކުރުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ ކަމަށެވެ.
ކާރްތީ ސްޓޯއަކީ ގޭމިންގް، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިންގް ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ގިފްޓް ކާޑް ގަތުމަށް ބޭނުންކުރާ އެޕްލިކޭޝަނެކެވެ.