މާފުށީ ޖަލުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ގައިދީއަކަށް ފަރުވާދިނަސް ހާލު ސީރިއަސް ނޫން ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަންސް އިން ބުނީ މިއަދު މާފުށި ޖަލުގެ ގޮޅިއެއްގެ ތެރޭގައި ދެ ގައިދީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށާއި ކަރެކްޝަންސްގެ އޮފިސަރުން އެކަން ހުއްޓުވާ އަނިޔާވި ގައިދީ މާލެ ގެނެސްފައި ވާ އިރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މާފުށީ އަނިޔާ އާ ގުޅުން ހުރި ކަމަށް ބުނެ ދައުރުވަމުންދާ ފޮޓީ އަކީ ސައްހަ ފޮޓޯއެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މާފުށީ ޖަލުގައި ގައިދީން، ތަކެތީގެ މެދުގައި މާރާމާރީއެއް ހިނގައިގެން މިއަދު ހަވީރު ރިޕޯޓު ކޮށްފައިވާ ކަމަށާއި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިއުން ފިޔަވާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މާރާމާރީގައި ތޫނު އެއްޗެއް ބޭނުން ކުރިކަން މިހާތަނަށް ބެލިބެލުމުން އެނގިފައި ނެތް ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.