ސިނަމާލެ ބްރިޖާއި ވެލާނާ އެއާޕޯޓު ގުޅޭ ސަރަހައްދުގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާފައިވާ ކަމުގެ މައުލޫމާތު، މެންދުރުފަހު 2:47 ހާއިރު ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ފުރޮޅާފައި އޮއްވާ ފެނުނީ ހުދު ކުލައިގެ ކާރެކެވެ.

މި ހާދިސާ އާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނުވާ ކަމެއް އަދި ނޭނގެއެވެ.