ތ. އޮޅުފުށިފިނޮޅާއި ކަނޑުދޫ ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، ތ. އޮޅުފުށިފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ތ. ކަނޑޫދޫން ގޮނޑުދޮށުން ހަމަ އެކަހަލަ ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާ ކަމަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ އިރު، އެ ފަތްތައް ތަހުލީލު ކޮށް ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ ރަށުގެ ގޮނޑުދޮށުން ފެނުނު ފަތްތައް ހުރީ ޕެކްކޮށް ބަންދު ކޮށްފައެވެ. ބަލާބެލުމަށް އެއީ ހިކިފައި ހުރި ފަތްތަކެއް ކަން ފާހަގަ ކުރެވެއެވެ.