ޑްރޯން އެރުވުމުގެ ހުއްދަ ހޯދުމަށް ތިން ދުވަސް ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޑްރޯން އުދުއްސުމުގެ ހުއްދަ ދިނުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ބޭނުންވާތީ ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާއިރު ޑްރޯން އޮޕަރޭޓްކުރަން ބޭނުންވާ ތާރީހުގެ މަދުވެގެން ރަސްމީ ތިން ދުވަސް ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ މުއްދަތަށް ވުރެ ކުރި މުއްދަތަކާއެކު ޑްރޯން އެރުވުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ފޯމުތައް ބާތިލުވާނެ ކަމަށް މިނިސްޓްރީން އިން ވަނީ ބުނެފައެވެ.
ޑްރޯން އޮޕަރޭޓް ކުރާނެ ތަނުގެ ޕޮޒިޝަން އެނގޭނެ ގޮތަށް ސަަރަހައްދުގެ ޗާޓެއް ހުށަހަޅަންޖެހޭނެ ކަމަށާއި އާބަން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 50 މީޓަރުގެ ރޭޑިއަސް އެއްގައި ކަމަށާއި ކަނޑުގެ ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 150 މީޓަރު ރޭޑިއަސް އެއްގައި ކަމަށް މިނިސްޓްރީއިން ބުނެއެވެ.