މިހާރު ކުރިއަށް ދާ ފިނިމޫސުމުގެ ހެނދުނުގެ ފިނީގައި ދުންފުނީގެ ސަބަބުން ކުރި ނުފެނި ބްރިޖެއްގެ މަތީގައި 200 ވެހިކަލް މުޑިއަރައިފިއެވެ.

މިހާދިސާގައި މީހަކު މަރު ނުވި ނަމަވެސް ކާރާއި، ލޮރީއާއި ޓްރަކުތައް މުޑިއަރަމުން ދާ ތަން ފެންނަ ވީޑިއޯ މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމު ވެފައެވެ.

ޗައިނާގެ މެދުތެރޭގެ ޒެންގްޒޯގެ ކާރުބާރޫ ބޮޑު ބުރިޖެއްގަައި ހިނގި މިހާދިސާގައި އުޅަނދުތައް އެމަތިމައްޗަށް އަރާފައި ވާ އިރު ދުންފިނީގެ ސަބަބުން 200 މީޓަރަށް ވުރެ ދުރު ނުފެންނަ ކަމަށް ހަބަރުތައް ބުނެއެވެ.

މިއާއެކު ރައްކާތެރި ނޫން ސަރަހައްދުތަކުގައި ވެހިކަލް ދުއްވާ އިރު ބަލައިގެން ދުއްވުމަށާއި ކޮންމެހެން ބޭނުމެއް ނެތި ނުދިޔުމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޒެންގްޒޯ އިން ޒިންޒިއާންގް އަށް ވެސް ދެވޭ މި ބްރިޖްގް އެބައި މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

މުޑި އެރި ކާރުތަކުގައި ޑްރައިވަރުންނާއި ފަސިންޖަރުން ތާށިވެފައި ވާތީ، އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.