މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ފަށަން އެސްއެސް ނެޓުން ތައްޔާރު ވެއްޖެއެވެ.

ސަން ސިޔާމްގެ ކުންފުނި އެސްއެސް ނެޓުން ކޭބަލް ޓީވީ ފަށަން ތައްޔާރު ވާ އިރު އެ ކުންފުނިން ވަނީ ދިރާގު ޓީވީވެސް ގަނެފައެވެ.

އެސްއެސް ނެޓްގެ ކޭބަލް ޓީވީ ހިދުމަތުގައި ދިވެހިން މިހާރު ބަލަމުން އަންނަ އާންމު ޗެނަލްތަކާއި ރާއްޖެއަށް މުޅިން އާ ޗެނަލްތައް ވެސް ހިމެނޭނެ ކަމަށާއި އެސްއެސްނެޓްގެ ޕެކޭޖްތަކާއި އަގުތައް ވަރަށް އަވަހަށް އިއުލާން ކުރުމަށް ދަނީ ތައްޔާރު ވަމުން ކަމަށް އެސްއެސް ނެޓުން ބުނެއެވެ.

އެސްއެސް ނެޓުން ބުނީ އެސްއެސްނެޓްގެ އަގުތައް ހުންނާނީ ރާއްޖޭގެ އާންމު އަގުތަކުގެ ނިސްބަތުން ހެޔޮ އަގުގައި ކަމަށާއި އެސްއެސްނެޓްގެ ހިދުމަތައް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.