ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) ގެ މަޝްހޫރު ޑްރާމާ ސީރީޒް "ދިރިއުޅުމަކީ މިއީބާ؟" ގައި ކޮމީޑިއަން އެއްގެ ގިނަ ރޯލުގައި މަސައްކަތް ކޮށްފައިވާ އެކްޓަރު އަބްދުﷲ އަލީ (އިބްރާހީމްބެ) ރޭ މަރުވެއްޖެއެވެ.

އިބްރާހިމްބެ ބަލިވެ ފަރުވާ ހޯދަމުންދާތާ ދުވަސްކޮޅެއް ވެފައިވާއިރު އޭނާ މަރުވެފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައެވެ. މަރުވިއިރު އިބްރާހިމްބެ ގެ އުމުރަކީ 57 އަހަރެވެ.

1981 ވަނަ އަހަރު ޓީވީއެމްއިން ދައްކަން ފެށި "ދިރިއުޅުމަކީ މީއީބާ؟" އިން ދިވެހިންގެ މަގުބޫލުކަން ހޯދި އިބްރާހިމްބެ ވަނީ ބައެއް އިސްތިހާރުތަކުންނާއި އެހެން ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ.

އިބްރާހިމްބެގެ އިސްތިހާރުތަކަކީ ވެސް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އިސްތިހާރު ތަކެކެވެ. އޭގެ ތެރޭގައި "ކޫލުކުރާ ފަންކާ" އިޝްތިހާރު ފާހަގަ ކޮށްލެވެއެވެ.