ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ފުރާ ވަޑައިގެންފިއެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހުވަދު އަތޮޅަށް ރައީސް ފުރާވަޑައިގެންފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ގއ. މާމެންދޫ، ދާންދޫ، އަދި ނިލަންދު އަށް ކަމަށެވެ. އެ އިދާރާ އިން ބުނި ގޮތުގައި، ރައީސްގެ ދަތުރުފުޅުގައި:

  • އެ ރަށްރަށުގައި ނިމިފައިވާ މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކުރައްވާނެ
  • އާންމުންނާއި ކައުންސިލަރުންނާއި އަންހެހުންގެ ކޮމިޓީތަކާ ބައްދަލުކުރައްވާނެ

ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާރޭގެ ވަގުތެއްގައި ރައީސް މާލެ އަށް އެނބުރި ވަޑައިގަންނަވާނެއެވެ.