ހެންވޭރުގެ ގެއެއްގައި ހިންގި އާއިލީ ހަމަނުޖެހުމެއްގައި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިން އަންހެން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މިހާދިސާ ހިންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 25 އަހަރުގެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންގޮސްފަިއވާ އިރު، އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އުމރުން 37 އަހަރުގެ ފިރިހެނަކަށެވެ. އާއިލީ ހަމަނުޖެހުމެއްގައި ހިނގި މާރާމާރިއެއް ކަމަށް ފުލުހުން ބުނި ކަމުގައި ވިޔަސް އެ ފިރިހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ތަފްސީލެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި އއަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދމެުން ކަމަށް ިއްްޔެ ފުލުހުން ވަނީ ބުނެފައެވެ.