ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ށ. އަތޮޅު މިލަންދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް މައުމޫން މިލަންދޫއަށް ވަޑައިގަތީ ށ. މާކަނޑޫދޫން އެ އަތޮޅު މިލަންދުއަށް ބަދަލުވި މީހުންގެ ތެރެއިން މަސައްކަތްތެރިންނާއި މިލަންދޫއަށް ހިދުމަތް ކޮށްދިން މީހުންނަށް އެވޯޑް ދިނުމަށް މިރޭ ބާއްވާ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި އެ ޖަލްސާގައި މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން، ދަރިކަލުން ފާރިޝް މައުމޫން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

އެރަށުން ހޫނު މަރުހަބާ އެއް ކިޔާފައި ވާރު، އެ ފޮޓޯތައް ހިއްސާ ކުރައްވައި މައުމޫން ވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ދަތުރުފުޅަކީ ގިނަ ދުވަސްތަކަކަށް ފަހު މައުމޫން ރާއްޖެ ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަން ފާހަގަ ކޮށްލެވެއެވެ.