ފުލިދޫގައި މޫދަށް އެރުނު 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒު ވިދާޅުވީ މަރުވެފައި ވަނީ އިންޑިއާގެ 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އެއީ އެ ރަށުގެ ނަރުދަމާގެ މަސައްކަތެއް ކުރުމަށް ގޮސް އުޅުނު މީހެއް ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ މިއަދު އަންލޯޑިންގެ މަސައްކަތެއް ކުރުމަށްފަހު އިތުރު ބަޔަކާއެކު އެ ޒުވާނާ މޫދަށް ފުންމާލީ ފަތާލުމަށް ކަމަށާއި އެހެންނަމަވެސް 5:45 ހާއިރު އެ ޒުވާނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ ޒުވާނާ މޫދުން ނެގުނީ މަޣުރިބު ނަމާދު ވަގުތުގައި ކަމަށާއި މިހާރު ހަށިގަނޑު އޮތީ ސިއްހީ މަރުކަޒުގައި ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.