ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮތް ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖެއާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ ބަޖިޔާ ގާ އަލުން ބަހައްޓައިފިއެވެ.
އުސްފަސްގަނޑުގައި މިއަދު އޮތް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިހާރު ރާއްޖެ ވަޑައިގެން ހުންނެވި ޖަޕާންގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކެއީ ޝުންސްކޭ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން މާލޭގެ ދެކުނު ފަރާތު ތޮށިލުމަށް އެހީތެރިވުމާ ގުޅިގެން އެކަމާ ގުޅިގެން ހަދާފައިވާ ބިނާއެއް ދައްކާލާފައިވާއިރު އެ ބިނާ ހަދާ ނިމިފައިވަނީ މެއި 30، 1990 ގައި ކުރީގެ ރައީސް މައުމޫނު އަބްދު ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓަކޭ ޝުންޒުކޭ ވިދާޅުވީ ޖަޕާނަކީ ވަރަށް ގިނައިން ގުދުރަތީ ހާދިސާ ދިމާވާ ގައުމަކަށް ވުމާއެކު އެ ހާދިސާތަކުން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ރާއްޖެއަށް ވެސް އެހީވެދޭނެ ކަމަށާއި ގުދުރަތީ ހާދިސާތަކަށް ތައްޔާރު ވެފައިވުމަކީ ދެ ގައުމުގެ ތަރައްގީ އައިގެން ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ގައުމުތަކާ އެއްކޮށް އޮންނަ ގުޅުންތަކަކީ ބޭނުންކޮށް ނިމުމުން މަގުމައްޗަކަށް އެއްލާލައި ސިޔާސަތެއް ނޫން ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ދެގައުމުގެ ގުޅުން ސިފަކުރައްވާފައި ވަނީ 55 އަހަރުވަންދެން ގުޅެމުން އަންނަ އެކުވެރި ކަމެއްގެ ގޮތުގައި ކަމަށެވެ.
ބަޖިޔާގަލޭ؟ މިއަށް (ޓެޓްރަޕޮޑް) ކުރިންސުރެ ކިޔަނީ “ގެރިގާ” މިހެން.