ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިހްތިސޯސުން ބޭރުން ކައިވެންޏެއް ކޮށްދީފައިވާ އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް، ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފައްތާހްގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް ފައްތާހްގެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ 88 ވަނަ ޖަލްސާއިން ނިންމާ، އެ މައްސަލަ ބެލުމަށް ކޮމިޓީއެއްވަނީ އެކުލަވާލައިފާ ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލާގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ނުދެއެވެ.