ގެވެށި އަނިޔާގެ މައްސަލަތަކަކީ ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު މިއަދު އިވިގެން ދިޔައީ މުޅި ރާއްޖެ ސިއްސުވާލި ފަދަ ވާހަކައެކެވެ. ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުމާއެކު އޭނާގެ ފިރިމީހާ އދ. ފެންފުށި ރޯސީވިލާ އަބޫބަކުރު ފައިސަލް އަށް ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ.
މައުލޫމާތު އެނގޭ މީހަކު "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ ނިޝާމާއާއި ފައިސަލްގެ ތިން ކުދިން ތިބޭ ކަމަށާއި އެއީ ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިން ކަމަށެވެ. އަދި ދެމަފިރިންގެ ދޭތެރޭގައި ޖެހުނު މައްސަލައަކަށް ފަހު އެ ކަމެއް ހިނގާފައި ވަނީ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ ކޮޓަރީގެ ތެރޭގައި ކަމަށާއި އެ ވަގުތު އެ ކުދިން ތިބީ ގޭ ތެރޭގައި ކުޅެން ކަމަށް އޭނާ ބުނެއެވެ.
އެ މީހާ ބުނީ ދެމަފިރިންގެ ދެމެފުގައި ޖެހުނު މައްސަލައަކަށް ފަހު ފައިސަލް ނިކުމެގެން ދަމުން ގޭގައި ތިބި އެހެން މީހުން ކައިރީގައި އޭނާގެ ދަތުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެ ދެމަފިރިންގެ ކުޑަދަރިފުޅު މަންމަ ހޯދަން ރޯތީ ނިޝާމާގެ ކޮއްކޮ އެ ކޮޓަރީގެ ދޮރު ހުޅުވަން ތަޅުގައި ހިފިއިރު ދޮރު ހުރީ ތަޅުލާފައި ކަމަށާއި ޓަކި ޖަހާ ޖަހާވެސް ހަބަރެއް ނުވެގެން ރައްޓެއްްސަކާ ދެމީހުން ވެގެން ތަޅު ހަލާކުކޮށް ދޮރު ހުޅުވީ ކަމަށް އެ މީހާ ވަނީ ކިޔައިދީފައެވެ.
ދޮރު ހުޅުވައިގެން ވަންއިރު ނިޝާމާ އޮތީ އެނދުމަތީ ކަމަށާއި އަދި އެ ވަގުތުވެސް ފުރާނަ ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނިޝާމާގެ މޫނާއި އަތުގައި ޒަހަމްތަކެއް ހުރިއިރު ޖުމްލަ ގޮތެއްގައި މުޅި ހަށިގަނޑުގައިވެސް ޒަހަމްތައް ހުރިކަން ފާހަގަކޮށް އޭނާ ބުނީ ނިޝާމާގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ނޫފައިގެންފައި ވެސް ވާ ކަމަށެވެ.
ނިޝާމާގެ މަރަށް ފަހު ފައިސަލް ކޮޓަރި ތަޅުލައި ތަޅުދަނޑި ހިފައިގެން ކުޅުދުއްފުއްޓަށް ފުރައިގެން ދިޔަ ކަމަށާއި، ދިޔަ ފަހުން އޭނާގެ ރައްޓެއްސަކަށް ގުޅި ކަމަށްވެސް މައުލޫމާތު އެނގޭ މީހަކު ވަނީ ކިޔައިދީފައެވެ. އޭނާ ގުޅާ ނިޝާމާ ސިއްހީ މަރުކަޒަށް ގެންދިޔަ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ވީ ކިހިނެތްތޯ ބަލައިދިނުމަށް އެ ރަހުމަތްތެރިޔާ ގާތު އެނާ އެދިފައި ވަ ކަމަށް ވެސް ބުންޏެވެ. އަދި އެއަށް ފަހު ފައިސަލްގެ ފޯނު ނިއްވާލާފައި ވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިއަދު ހެނދުނު ވެސް ނިޝާމާ ހުރީ ހެޔޮ ހާލުގައި
މިއަދު ހެނދުނު ވެސް ނިޝާމާ ހުރީ ހެޔޮ ހާލުގައި ކަމަށާއި ގޭގެ މީހުންނާ ވާހަކަ ދައްކާ ހެދި ކަމަށާއި މައްސަލައެއް ޖެހިގެން އުޅޭކަން އެނގިފައި ނުވާ ކަމަށް އާއިލާއާ ހަވާލާދީ އޭނާ ބުންޏެވެ.
ނިޝާމާގެ މަރަށް ފަހު ފައިސަލް ވަނީ އެ ދެމަފިރިންގެ ފޮޓޯ އާއި ދަރިންގެ ގިނަ އަދަދެއްގެ ފޮޓޯތަކެއް ފޭސްބުކް އަށް ލާފައެވެ. އޭގެ ތެރޭގައި ނިޝާމާ ބުރުގައި ނާޅާ ހުރި ފޮޓޯތަކެއްވެސް ހިމެނެއެވެ.
އެ މީހާ ބުނީ މިހާރު ނިޝާމާގެ މޫނު ދެއްކުން ކުރިއަށް ދާ އިރު މޫނު މަތި ވަރަށް ބޮޑަށް ނޫވެފައިވާ ކަމަށް ފާހަގަ ކުރެވެ ކަމަށެވެ. އަދި ނިޝާމާގެ ދަރިން މަންމަ ހޯދަން ގިސްލާ ރޮއެ އާދޭސް ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ނިޝާމާގެ މަރާއެކު އާއިލާއަށް އިތުރު ސިހުމެއް ލިބިފައި ވާއިރު މީގެ 4 ވަރަކަށް އަހަރު ކުރިން ނިޝާމާގެ ކޮއްކޮވެސް ވަނީ މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައި ކުއްލިއަކަށް މަރުވެފައެވެ. އެކަމުގެ ހިތާމަ އެ އާއިލާއަށް އަދިވެސް ފިލާ ނުދާ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
ފައިސަލް އާ ބެހެ ގޮތުން އާންމުންގެ ބަސް
ނޮޅިވަރަމުންނާއި ފައިސަލްގެ ރަށް ފެންފުށިން "ދަ ޕްރެސް" އާ ވާހަކަދެއްކި މީހުން ބުނީ ފައިސަލަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ބޮޑެއްގެ ގޮތުގައި ލޭބަލް ވެފައިވާ މީހެއް ކަމަށެވެ. އަދި ނިޝާމާ އަށް އަނިޔާ ކުރާ ވާހަކަތަކަކީ ވެސް އާންމު ވާހަކަތަކެއް ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާކުރަމުން ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ ތަހުގީގީ މަރުހަލާ މިހާރުވެސް ދަނީ ކުރިއަށް ކަމަށާއި ނިޝާމާގެ ހަށިގަނޑު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ. މަރުގެ ތަހުގީގަށް ކުޅުދުއްފުށިން ޓީމެއް އައިސް ތަހުގީގު ކުރަމުން ދާކަން ފާހަގަ ކުރައްވާ މުސްތަފާ ވިދާޅުވީ އެކަމަށް އަދި 3 ގަޑިއިރު ނަގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ފުލުހުން ބުނަނީ ކީކޭ؟
އެކަމާ ގުޅިގެން ފުލުހުން ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީން އަށް ގޮސްފައިވާ ކަމަށާއި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފައިސަލް ހައްޔަރުކުރިކަމުގެ މައުލޫމާތުތަކެއް ފެތުރެމުން ދާއިރު އެކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ވަރަށް ފުރިހަމަ ލިޔުމެއް. މައުލޫމާތުތައް ސަޅި
ފެންފުށީ ރޯޒީވިލާއޭ ބުނީމަ ދެން އެވަރުން ވެސް ފުދެނެ ތީގަ ނުތިބޭނެ ރަނގަޅު އެކަތިވެސް. ތިޔަގޭ މީހަކާ އިނދެގެން އުޅޭ މީހަކަށް ވެސް ދުވަހަކުވެސް ހަމަޖެހިލައިގެން ނޫޅެވޭނެ
މަ ނޫނަސް ތިޔަހެން ހީވާ މީހުން އުޅޭދޯ އެބަ.
ވަރަށް ދެރަވެއްޖެއެވެ، މީހަކު މަރާލާފައި އެމީހާއަށް މިއޮންނަނީ މަރަށް ހަމަ މަރު މިއޮންނަނީ ގާނޫނުގައި ކަނޑައަޅުވާފަ ކުޑަކުދިން، އެކުދިންގެ މަންމަ ނެތީމަ ދެން އެކުދިންނަށް. ކުރާނެ ކިހާ އަސަރެއްތޯ ވިސްނަވާ، ކުޑަކުދިންނަކީ ، ފަހެއް ކޮބާތޯ ވިސްނާލަންޖެހޭ އާދޭ ކުޑަކުދިންނަކީ މާދަމާގެ މުސްތަގުބަލް ގައުމު ހިނގާނެ އެމީހުންނަށް ކުޑަވެސް ބަހެއް ނުބުނުއްވާވާ ކުދިންގެ ހިތުގައި ނުޖައްސަވާ ތިޔަ ވަކި ކުރީ މައުސުުޫމު ކުށެއްނެތި ފުރާނައެއް މާތް ﷲ އެފުރާނާއަށް ސުވަރުގެ އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި،އޭ(އާމީން )،
މިހާރު މިގައުމުގާ ނުކުރާ ފާފައެއް ނެތް، މީހުންގެ ފުރާނަ ލުހެލުމަކީވެސް ޖެހިލުންވާކަމެއް ނޫން،، ތިތިބި ތުއްތު ކުދީންގެ ކޮން ކުށެއްތޯ އޮތީ؟ ކޮންފަދަ ހިތްދަތި ކަމެއްތޯ ތި ކުރީ، ހިތާމައިން ހިތްފަޅާއިގެން ދާވަރުގެ ކަންތައްތައް މިކުރަނީ، މިބާވަތުގެ މީހުނަށް ބޮދެތި އުގޫބާތްތައް ދޭން އެބަޖެހޭ،
ސާބިތެއް ނުވާނެ. ޝަރުއީ ނިޒާމަށް އިތުބާރެއް ނުކުރަން.
ކުދިންގެ އުމުރު ޖަހާލިނަމަ
މިއަށްވުރެ ރީއްޗަށް ހެޑިން ލިޔަން ނޭނގުނީބާ… އާދައިގެ ނިކަމެއްޗެއްގެ ދަރިން ވީމަ ރޮއެ ހޭރެނީ… ފުންނާބު އުސް މީހެއްގެ ދަރިންނަމަ ހޭރެއެކޭ ނުޖަހާނެ
އަޅުގަންގަޑުމިގޮވާލަނީމިހާރުއްމިހާރައްރައިސްސޯލިހުއަށްޖީއެސްޓީބިލުސަރުކާރުޢްލީފަދާންމަރައްހުކުއްކުރާބިލުވެސްމަޖިލީހައްވައްދާގެއްވީހާވެސްއަވަހަކައްބިލުފާސްކޮއްރައިސްސޯލިހުއެބިލުވީހާވެސްއަވަހަކައް.ތަސްދީދުކުރަތްވީއެހެއްނޫނީއިސްތިއުފާދެއްވާފަމިހާރުއްމިހާރަތް.ހިންނަވަރައްދާނއުޅޭ
މަރަން މަރުހިފާ ދޫކޮންނުލާތި މިފަހަރު ދޫކޮއްލައިފި ވިއްޔާ އަނެއްކާވެސް ފެންނާނީ އަނެއްމީހާމަރާލާފައޮއްވާ އެހެންވީމާ މައްސަލަޖެއްސިފަށާތުނުް އަހަރެން އާދޭސްކުރަނީ މަރަންމަރުހިފުމަށް