ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.

ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ބީއެމްއެލުން ވަނީ ކަނޑައަޅާފައެވެ.

މި ގޮތުން ހޮވުނު ޕްރޮޖެކްޓްތަކަކީ:

  • ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީ ކުރުން ބަނޑޭރި ސްޓާ ސްޕޯޓްސް ކްލަބް ހއ. މާރަންދޫ
  • ބީޗް ޕިކްނިކް ޕާކު ތަރައްގީ ކުރުން ސީޑް އެސޯސިއޭޝަން ނ. ޅޮހި
  • ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ލ. މުންޑޫ
  • ޕިކްނިކް ސަރަހައްދެއް ތަރައްގީ ކުރުން ކިއްސަރު އެންޖީއޯ ގއ. ކޮނޑޭ
  • މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން މަޑުއްވަރީ އިޖްތިމާއީ ގުޅުން މ. މަޑުއްވަރީ
  • ސްކޫލު ކޮމްޕިއުޓާ ލެބް ތަރައްގީ ކުރުން އަރުލާ ސްޕޯޓްސް އެކަޑަމީށ. ފޯކައިދޫ
  • މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީ ކުރުން މިލަންދޫ ސްޕޯޓްސް ކްލަބް ށ. މިލަންދޫ
  • ކްލާސްރޫމް ޑިޖިޓައިޒް ކުރުން ވިމެން އެންހޭންސްމަންޓް ލ. ފޮނަދޫ
  • މަގުބައްތި ހަރުކުރުން މާޅޮސް ރެކްރިއޭޝަން އެންޑް އެންވާރަމަންޓް ސޮސައިޓީ ބ. މާޅޮސް
  • ކޮމިއުނިޓީ ގާޑަން ވެހި ސާފު ސ. ހިތަދޫ

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.