ޕާކިސްތާނު ފިލްމެއް އިންޑިއާ ސިނަމާތަކުގައި އަޅުވަން ހަމަޖެހިއްޖެއެވެ.
ބޮލީވުޑްގެ ފިލްމުތަކުންވެސް ފެނިގެންދިޔައި ޕާކިސްތާން ދެ އެކްޓަރުން ކަމަށްވާ ފަވާދު ހާން އާއި މާހިރާ ހާން އެކުގައި ފެނިގެންދިޔަ މި ފިލްމަކީ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އެވެ. މި ފިލްމަކީ ޕާކިސްތާނުގެ ސިނަމާތަކުގައި އަޅުވައިގެން ބޮޑު އާމްދަނީ އެއް ހޯދި ފިލްމެކެވެ. ބިލާލު ލަޝާރީ ޑައިރެކްޓް ކުރި މި ފިލްމަކީ އެކްޝަން ޑްރާމާ އެކެވެ. އެ ފިލްމަކީ 1979 ގެނެސްދިން ކަލްޓް ކްލަސިކް "މޯލާ ޖަޓް" ގެ ރިމޭކެކެވެ. ވޯލްޑް ވައިޑް މެދުވެރިކޮށް މި ފިލްމުގެ އާމްދަނީ 9.2 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ލިބިފައެވެ.
ބޮލީވުޑްގެ ތިން ފިލްމެއް ފަވާދު ކުޅުނުއިރު އޭނާ ކުޅުނި ފިލްމުތަކަކީ 2016 ވަނަ އަހަރު ގެނެސްދިން ފިލްމު "ކަޕޫރު އެންޑް ސަންސް" އަދި ހަމަ އެއަހަރު ސިނަމާތަކަށް ގެނެސްދިން ކާމިޔާބު ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގެ އިތުރުން 2014 ވަނަ އަހަރު ގެނެސްދިން "ހުބްސޫރަތު" އެވެ. ބަތަލާ މާހިރާ ހާން ބޮލީވުޑަށް ނުކުތީ ބޮލީވުޑްގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝާހްރުކްހާން އާއެކު "ރައީސް" އިންނެވެ. އެ ފިލްމު ސިނަމާތަކަށް ގެނެސްދިނީ 2016 ވަނަ އަހަރުގައެވެ. އެ ފިލްމުގައި މާހިރާ ކުޅުނު ކެރެކްޓާ އަށް ކްރިޓީކުންގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.