އަގުހުރި އިނާމުތަކަކާއެކު ވަޑިންނަށް ހާއްސަ ހެއްޔާ މަކިޓާ މުބާރަތް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، ހެއްޔާ މަކިޓާ ޕުރޮމޯޝަންއާ ގުޅުވައިގެން އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މި މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހޭނެ ކަމަށެވެ.

މުބާރާތުގެ ގާވާއިދު:

  • މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް.
  • މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން.
  • މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެ.
  • މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެން މެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް5 ފޫޓަށް، އަދި ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެ.
  • މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެ. (މި ވީޑިޔޯގައި މަކީޓާޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖަހޭނެއެވެ)
  • މި މުބާރާތުގެ ބައިވެރިން ހުށައަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗްޑީ) އަށް ވުރެ ދައްވެގެންނުވާނެ.
  • މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮއްފައިވާ އައިޓަމަކަށް ވާންޖެހޭނެ.

އެސްޓީއޯއިން ބުނީ، އެކުންފުނީގެ އެއްވެސް މުވައްޒަފަކަށް މިމުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

އިނާމު:

  • އެއްވަނަ އިނާމް : 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
  • ދެވަނަ އިނާމް : 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
  • ތިންވަނަ އިނާމް : 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ

އެސްޓީއޯއިން ބުނީ، މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް އަންނަ މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ރޭ 10:00 ގެ ކުރިން ހުށައަޅަން ޖެހޭނެ ކަމަށެވެ. ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅާނެ ތާރީހަކީ ޑިސެމްބަރު 29، 2022 ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެއް ކަމަށެވެ.