ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ޕޯޗުގަލް އަދި ގާނާ ބައްދަލު ކުރި މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އާދިޔާ ހިލާފު ހަރާކާތްތަކެއް ފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.
މިގޮތުން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި މިހާރު ދައުރުވަމުން އަންނަ މި ވީޑިއޯއިން ފެންނަނީ ރޮނާލްޑޯ އޭނާގެ ސޯޓަށް އަތް ކޮއްޕާ އެއްޗެއް ނަގާ ކާލާތެނެވެ. ރޮނާލްޑޯ ކާލަނީ ކޮއްޗެއް ކަން ސާފު ނުވާ އިރު އޭނާ އެ އެއްޗެއް ކާލާ ގޮތުން އެއީ ޗުއިންގަމެއް ކަހަލަ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ހެން ވެސް ހީވެއެވެ.
ވޯލްޑްކަޕްގައި ކުޅުންތެރިން ލާ ޖާޒީތަކުގެ ސޯޓުގައި އާންމުކޮށް ޖީބެއް ނީންނަ އިރު ރޮނާލްޑޯއަށް ސޯޓުގެ ތެރޭގައި ޖީބަށް އިންނަ ގޮތަށް 'ހާއްސަ' ސޯޓެއް ފެހީ ކަމަށް ވެސް ވެދާނެއެވެ. މިކަމާ ބެހޭ ގޮތުން އެކި ގޮތް ގޮތަށް ހަބަރުތައް އަންނަމުންދާ އިރު އޭނާ އެކާލީ ކޮންމެވެސް ވައްތަރެއްގެ އެނާޖީ ބާއެއް ނުވަތަ އިތުރުު ހަކަތަ ހޯދުމަށް މެޓަލެއް ކަަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އަނެއްބައި މީހުން ބުނަނީ ރޮނާލްޑޯ އެގޮތަށް ފޮރުވައިގެން އެކެއީ ކުޅުންތެރިން ބޭނުން ކުރުން މަނާ މާއްދާތައް އެކުލެވޭ އެއްޗެއް ކަމަށެވެ. 37 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ސިއްހަތަށް ފައިދާ ހުރި އާދަކާދަތަކަށް އަބަދުވެސް ބާރު އަޅާ ކުޅުންތެރިއެކެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ކޮންފަރެންސެއްގައި ރޮނާލްޑޯގެ ކުރީމަތީގައި ހުރި ކޯކް ފުޅިތައް އެފަރާތްކޮށް އޭގެ ބަދަލުގައި ފެން ބުއިމަށް އޭނާ ނަސޭހަތް ދިން އިރު ރޮނާލްޑޯގެ އެ އަމަލުން ކޯކަކޯލާ ކުންފުންޏަށް އެތަށް ގެއްލުމެއް ލިބުނެވެ.
އޭނަ ރަހަ މިިރުކޮށްލަން ދުފާއެތިކޮޅެއް އަނގަޔަށްލީ
އޭނަ ކެއީ ޕެނަޑޯލް ގުޅައެއް.ހުން އައިސްސަ ހުރީމަ.
ސޯޓުގަ ޖީބު ނުހުއްޓަސް ސޯޓު ދަށުން ލާ ޓައިޓުގަ ޖީބު ހުރޭ ދޯ މިހާރު
ލިޔާނެ އެއްޗެއް ނެތިއްޔާ ނުލިޔެބަލަ. މާ މޮޅު ތަކެއްވާނެ ކަމައް ލިޔުނު ހަބަރު ބަލާބަލަ
ފޯއްކޮޅަކަށް އެވާނީ
ތިހަބަރުން އެގުނީ ކޯއްޗެއް، އައުގުރާނެއެއް ފިޔަވާ ދެން ކޯއްޗެއް، މޮޅު ޚަބަރެއް ދޯ ހިތުން