ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް އޭގައި މިރޭ ނެދަލޭންޑްސްއާއި އެކުއަޑޯ ކުޅުނު މެޗު 1-1 އެއް ވަރުވެއްޖެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މި ދެޓީމުގެ ވެސް މޮޅުވި އިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދަލޭންޑްސްއިންނެވެ. މިގޮތުން، މެޗުގެ 6 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ޖަހާ ދިނީ ޒުވާން ފޯވަޑް ކޯޑި ގެގްޕޯއެވެ. މިއީ ގެގްޕޯ މިމުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ. އަދި މިއީ މިމުބާރާތުގައި ޖެހި އެންމެ އަވަަސް ލަނޑުވެސް މެއެވެ.

މެޗުގައި ނެދަލޭންޑްސްއިން ލީޑު ނެގި ނަމަވެސް ގިނަ ޗާންސްތައް އުފެއްދީ އެކުއަޑޯއިންނެވެ. މިގޮތުން ދެވަނަ ހާފްގައި އެޓީމުން ވަނީ ނެދަލޭންޑްސްގެ ގޯލަށް ގިނަ ހަމަލާތައް އަމާޒުކޮށްފައެވެ. ނަތީޖާއަކަށް ވީ މެޗުގެ 49 ވަނަ މިނެޓްގައި އެކުއަޑޯއިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން އެނާ ވެލަންސިޔާއެވެ. މިއީ މި މުބާރާތުގައި ވެލެންސިޔާ ޖެހި ތިން ވަނަ ލަނޑަށް ވީ އިރު މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހީ ވެސް އޭނާއެވެ.

އޭނާ ވެލެންސިޔާއަކީ މުބާރާތުގެ ލީޑިންގް ސްކޯރާ/ފޮޓޯ: ފީފާ ޓުވިޓާ

މެޗުގައި ލީޑު ނަގަން އެކުއަޑޯއަށް ފުރުސަތުތައް ލިބުނު އިރު މިމެޗު ނިމުނީ 1-1 އަކުން ދެޓީމު އެއްވަރު ވެގެންނެވެ. މިއާއެކު ގްރޫޕް އޭގައި ދެން އޮތް ގަތަރު މިވަނީ މުބާރާތުން ކަޓާފައެވެ. ބާކީ އަދި އެއް މެޗު އޮއްވާ މުބާރާތުގެ ހޯސްޓް ކެޓީ ފުރަތަމަ ދެ މެޗުން ބަލިވުމުންނެވެ.