ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ސައުތް ކޮރެއާއާއި އުުރުގުއާއީ ކުޅުނު މެޗު 0-0 އަކުުން އެއްވަރުވެއްޖެއެވެ. މއީ މިދިޔަ އާދިއްތަ ދުވަހު ފެށި މި މުބާރާތުގައި މި ނަތީޖާއިން ނިމުނު ހަތަރު ވަނަ މެޗެވެ.

މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މިރޭގެ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު އިރު ސައުތް ކޮރެއާއިން ވަނީ ގޯލާ އަމާޒުކޮށް ޖުމްލަ 7 ޝޮޓް ފޮނުވާލާފައެވެ.

މިއަދުގެ މެޗުގައި މޮޅަށް ކުޅެފައިވަނީ ދެ ޓީމުގެ ޑިފެންސުން/ފޮޓޯ: ފީފާ ޓުވިޓާ

އަދި މިމެޗުގައި އުރުގުއާއީ ވެސް ރަނގަޅު ފުރުސަތުތައް އުފައްދާފައިވާ އިރު އެޓީމުން ފޮނުވާލި ޝޯޓްތައް ވަނީ ދެ ފަހަރެއްގެ މަތިން ސައުތް ކޮރެއާގެ ދަނޑީގައި ޖެހިފައެވެ. އެހެން ނަމަވެސް ދެ ޓީމުގެ ޑިފެންސްގެ ފޫ އަޅުވާނެ ފަދަ ނުރައްކާތެރި ފުރުސަތެއް އެއް ޓީމު ކުރެ އަނެއް ޓީމަށް ވެސް ނުއުފެއްދުނެވެ.

މި ނަތީޖާއާއެކު ދެ ޓީމަށް ވެސް އެއް ޕޮއިންޓް ލިބިފައިވާ އިރު މިގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށް ވާ ޕޯޗުގަލް އަދި ގާނާ ކުޅޭނީ މިރޭ 9 ޖަހާ އިރުއެވެ.