މަރުވެފައި އޮތް ލޯބިވެރިޔާ އާ އިންޑިއާގެ ފިރިހެނަކު ކައިވެނި ކޮށްފިއެވެ.
އިންޑިއާގެ އައްސާމުގައި މި ހާދިސާ ހިނގާފައި ވާއިރު ޕްރަތަނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ވަރަށް ބޮޑަށް ބަލިވެގެންނެވެ. ނަމަވެސް ފަަރުވާ އަށް އެއްވެސް ވަރަކަށް ރެސްޕޯންޑެއް ނުކުރެއެވެ. ނަތީޖާއަކަށްވީ އޭނާ މަރުވުމެވެ. އަންހެން މީހާ ވަޅުލުމުގެ ކުރިން އޭނާގެ ދުވަސްވީ ލޯބިވެރިޔާ ބިޓުޕާން ތަމުލީ ވަނީ އޭނާ އާ ކައިވެނިކޮށް ދުވަހަކުވެސް އަލުން އެހެން މީހަކާ ކައިވެނި ނުކުރާނެ ކަމަށް ބުނެ ވައުދު ވެފައެވެ.
ބިޓުޕާން އޭނާގެ މަރުވެފައިވާ ލޯބިވެރިޔާ ކައިވެނިކުރާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ޕްރަތަނާގެ ތިމާގެ މީހަކު ބުނީ ޕްރަތަނާ އަކީ ސިއްހީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫންކަމަށެވެ. ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް އެއްދުވަހަކު އޭނާ ކުއްލިއަކަށް ވެއްޓުނީ ކަމަށެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށާއި އެވަގުތު އޭނާގެ ހާލު ރަނގަޅުވި ނަމަވެސް ދުވަސްކޮޅަކުން އޭނާ މަރުވީ ކަމަށެވެ.
ބިޓުޕާން އޭނާގެ ލޯބިވެރިޔާ ޕްރަތަނާ އާ ކައިވެނި ކުރީ ކައިވެނީގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުއެވެ. މަރުވެފައި ތިބޭ މީހުންނާ ކައިވެނި ކުރުމަކީ އިންޑިއާގެ ވަކި ހިސާބެއްގެ ބަޔަކު ކުރާ ކަމެކެވެ. އެމީހުން ބުނާގޮތުގައި އެއީ އިންޑިއާގެ ސަގާފަތެކެވެ. މިފަދަ ހާދިސާތައް އިންޑިއާއިން ގިނައިން ނުފެނު ނަމަވެސް މަދުމަދުން ފެނެއެވެ.