ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އައްނަބީލާ ހަބީބާ ހުސައިން ހަބީބު މިއަދު އަވަހާރަވެއްޖެއެވެ.

ހަބީބާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަވަހާރަވީ އިރު އުމުރުފުޅަކީ 92 އަހަރެވެ.

ހަބީބާއަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ.

ހަބީބާ ވަނީ 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ.

މިގޮތުން ހަބީބާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ގައުމީ ކުތުބުހާނާގައެވެ. އެ ތަނުގައި 29 އަހަރުގެ މުއްދަތަކަށް ހަބީބާ ވަނީ ހިދުމަތް ކުރައްވާފައެވެ.

މީގެ އިތުރުން ހަބީބާއަކީ ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭކަނބަލެކެވެ.