އިނގިރޭސިއެއްގެ ކަންފަތުގެ ތެރެއިން ފަސް އަހަރު ކުރިން ތާށިވި އިއާބަޑް އެއް ނަގައިފިއެވެ.
ވޮލަސް ލީ ނަމަކަށް ކިޔާ މި ފިރިހެން މީހާ އަޑުއިވުމުން އެއްކޮށް މަހުރޫމުވީ ހަމަ ކުއްލިއަކަށެވެ. ވޮލަސް ބުނީ އޭނާ ހީކުރީ އެއީ ރަގްބީ މާ ގަދައަށް ކުޅެގެން އޭނާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވީ ކަމެއް ކަމަށެވެ. އެންޑޮސްކޯޕީ އެއްގެ އެހީއާއެކު އޭނާ ކަންފަތް ތެރެ ބެލުމުން އެނގުނީ އޭނާގެ ކަންފަތުގައި އިއާބަޑް އެއް ތާށިވެފައި އޮތް ކަމެވެ. ވަގުތުން ހޮސްޕިޓަލަށް ގޮސް ޑަކްޓަރަށް ދައްކާ ޓެސްޓުތައް ހެދުމުން އެކަން ޔަގީން ވުމުން ސާޖަރީ އަކާ ހިސާބަށް ދިޔަ ކަމަށް ވޮލަސް ބުންޏެވެ.
ވޮލަސް ބުނީ އެންމެ ފުރަތަމަ ޑަކްޓަރުން ބެލީ ސާޖަރީ އަކަށް ނުގޮސް ވެކްސް ބޭނުންކޮށްގެން ކަންފަތް ތެރެއިން އޭތި ނަގަން ކަމަށާއި ނަމަވެސް ދުވަސްވެފައި ހުރި ވަރުން އިއާބަޑް ކަންފަތު ތެރެއިން ގުޑާވެސް ނުލި ކަމަށެވެ. 66 އަހަރުގެ ވޮލަސް ބުނީ ކަންފަތް ތެރެއިން އެ ނެގުމާއެކު ވަގުތުން އޭނާ އަށް އަޑުއިވެން ފެށި ކަމަށެވެ.
"އެގަޑީ އަހަރެންނަށް ނޭނގުނުވީ ގޮތެއްވެސް. އެހާ އުފާވި. ފަސް އަހަރު ދުވަސްފަހުން އަހަރެންނަށް އަހަރެއްގެ ހިއްސެއް ލިބުމުން،"
އޭނާ ބުނީ އޭނާ އިއާބަޑް ގަތީ އަހަރުތަކެއް ކުރިން އޭނާގެ އާއިލާ އަށް ކުރި ޒިޔާރަތެއްގައި ކަމަށެވެ. ފްލައިޓަށް އެރުމަށްފަހު ކަންފަތަށް އިއާބަޑް ޖެހިގޮތަށް އެ ނަގަން ހަނދާންވެސް ނެތް ކަމަށާއި ފަހުން އިއާބަޑްސް މަތިން އެއްގޮތަކަށްވެސް ހަނދާން ނެތުނީ ކަމަށެވެ.