ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތް ތަކެއް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ވެސް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެގޮތުން ކޮންމެ ހަފްތާއަކު 2 މީހަކަށް 5،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް ބީއެލްއެލުން ބުނެއެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 2 މީހަކަށް ލަންޑަނަށް ރިޓާން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މި ލިންކަށް ޒިޔާރަތް ކޮށްލުމަށް ބީއެމްއެލުން ބުނެއެވެ.