އިންޑޮނީޝިއާ އަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ކާން އޭނާގެ 88 ވަނަ ކައިވެނި ކުރަން ތައްޔާރުވަމުން އެބަދެއެވެ.

މި ފަހަރު އޭނާ ކައިވެނި ކުރަނީ ކުރިން އޭނާ ކައިވެނިކޮށް ވަރިކޮށްފައި ހުރި އަންހެނަކާއެވެ. ކާން ބުނީ އެ އަންހެން މީހާ އާ ކައިވެނިކުރަން އެއްބަސްވީ އަންހެން މީހާ އެކަމަށް އެދުމުން ކަމަށެވެ. ލޯބިވެގެން ކުރިން މިދެމީހުން ކައިވެނިކޮށް ޖެހުނު މައްސަލައަކާ ގުޅިގެން ވަކިވި ނަމަވެސް އަދިއަދަށް ދާންދެންވެސް ދެމީހުންގެ މެދުގައި ލޯބި އޮންނަކަމަށް ކާން ބުންޏެވެ. ކުރީގެ އަންބަކަށް ނޫނެކޭ ނުބުނާންވެގެން ކައިވެންޏަށް އެއްބަސްވީ ކަމަށް އޭނާ ބުންޏެވެ.

ކާންގެ ޅައުމުރުގައި އޭނާގެ މައިންބަފައިން މަރުވިއިރު އޭނާ ބެލީ އޭނާގެ ދައްތައެވެ. ދައްތަ ކައިވެނިކޮށް އޭނާގެ ފިރިމީހާގެ އަވަށަށް ބަދަލުވުމުން ކާން ދިރިއުޅެމުން އައީ އެކަންޏެވެ. އެހެންވެ އުމުރުން އެންމެ 14 އަހަރުގައި ކައިވެނި ކުރި ކާން ބުނީ ހަޔާތުގައި އެހާ ގިނަ ކައިވެނިކުރަން ޖެހުނު ސަބަބަކީ އޭނާގެ ފުރަތަމަ ކައިވެނިން ލިބުނު ފިލާވަޅުގެ ސަބަބުން ކަމަށެވެ.

"އަހަރެންނަކީ ފަގީރެއް. ކައިވެންޏަށް ދެ އަހަރުވީތަނާ އަނބިމީހާ ބުނެފި ވަރިކޮށްދޭށޭ. އޭނާ އަކަށް ނޫޅެވޭނޭ ފަގީރަކާ އެއްކޮށް،" ކާން ބުންޏެވެ.

ކާން ބުނީ އެ ހާދިސާ އަށް ފަހު އެ އަންހެން މީހާ ދެކެ އައި ވަރުގަދަ ރުޅިއެއްގެ ސަބަބުން އޭނާ ވަރިކޮށް އެހެން މީހަކާ ކައިވެނި ކުރީ ކަމަށެވެ. އޭގެ ފަހުން ފަހަރަކު ކައިވެންޏެއް ކުރަމުން ދިޔައީ ކަމަށެވެ. ކާން ބުނީ އަންހެން މީހާ ދެކެ ރުޅިއައިސްގެން އެހެން ކައިވެނިތައް ކުރިނަމަވެސް އޭނާގެ އަނބިންނަށް ހެޔޮކޮށް ހިތާ ކަމަށާއި އޭނާގެ އަނބިންނަށް ވަރަށް އިހުތިރާމްކުރާ ކަމަށެވެ.