މާލޭގައި އިއްރެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އިންޑިއާގެ ރައްތިތުން ތަކަކާއި ބަންގްލަދޭޝްގެ ބަޔަކު މަރުވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ތައުޒިޔާ ކިޔާ، ތަހުގީގު ހިންގުމުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރަމުން ދާ ވާހަކައާއި މިހާތަނަށް ލިބިފައިވާ މައުލޫމާތު އެ ފަރާތްތަކާ ހިއްސާ ކުރައްވާފައެވެ.

އިއްޔެ ރޭ ދަންވަރު 12:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ. އެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި؛

  • އިންޑިއާގެ 3 އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއް
  • އިންޑިއާގެ 4 ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެއް
  • ކޮން ގައުމެއްކަން އަދި ދެނެގަނެވިފައި ނުވާ ފިރިހެނެ

މިހާދިސާގައި ފިހިގެން މިހާރުވެސް އައިޖީއެމްއެޗުގައި އެކަކަށް ފަރުވާދެމުން އަންނައިރު އެ މީހާގެ ހާލު ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މ. ނިރުފެހި އަދި މ. ސެންޑްރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.