ނަސްރުގެ ދުވަހާ ގުޅިގެން ދިވެހިންގެ ނަމުގައި އެމްއާރްއެމްއިން އިންޑިއާއަށް ޝުކުރު އަދާކޮށްފިއެވެ.
އެމްއާރްއެމްއިން ބުނީ އެ އުދުވާނީ ހަމަލާއާ ގުޅިގެން ދުނިޔޭގެ އެތައް ގައުމެއް އޮތީ ރާއްޖެއާއި ރައްޔިތުން ހިމާޔަތް ކޮށްދިނުމަށް ތައްޔާރަށް ކަމަށާއި ސަރުކާރު އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިން ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންގެ ދިވެހިންގެ ނަމުގައި އެމްއާރްއެމްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން ހަނދާން އާކުރަން ޖެހެނީ ދިވެހިންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދު އާކުރުން ކަމަށް އެމްއާރްއެމްއިން ބުނެއެވެ.
ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދު ބަޔަކާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއް ކަމަށާއި އެ ދުވަހުގެ ހަމަލާއަކީ ދިވެހި ތާރީހުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާ ކަމަށެވެ.
އެ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން މާލޭގެ މައްޗަށް އަތްގަދަކޮށް ތިބީ ގައުމުގެ އަދާވާތްތެރި ދުޝްމަނުން ކަމަށާއި ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ގައުމު އެ މީހުންގެ އަތްމައްޗަށް ގެންދިއުމަށް ކަމަށާއި އެ ދުވަހުގެ ހަމަލާގައި 19 ދިވެހި ދަރީން ޝަހީދުވި ކަމަށް އެމްއާރްއެމްއިން ފާހަގަކުރިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރާއިރު ރާއްޖެގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދަމަހައްޓައި ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެންމެން ގުޅުގެން މަސައްކަތްކުރުމަށް އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ. އަދި އެމްއާރްއެމްއިން ދެކޭ ގޮތުގައި ނަސްރުގެ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭ ދުވަހެއް ކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.
އަހަރެން ނުބުނަން މައުމޫނު ކާރީ އިންޑިޔާއައް ޝުކުރު ދަންނަވާށޭ ދިވެއްސަކައް ވީތީ މިހެން މިބުނީ ތިރީސް އަހަރު ވެރިކަން ކުރި ހޮދުމުހުތާރު އަނިޔާވެރި ވެރިކަން ލޮލުން ފެނުނު މީހަކައްވާތީ ވެސް މައުމޫނައް ދުވަހަކުވެސް ހައްގު ނުކަނޑާނަން