ޓްވިޓާ ގަތުމަށް މަސްކް ހުށަހެޅި 44 ބިލިއަން ޑޮލަރަށް މިއަދު ޑީލް ނިންމާ، ޓްވިޓާގެ އިސްވެރިންތަކެއް ބޭރުކޮށްލައިފިއެވެ.
ޓްވިޓާ ގަތުމުގެ މައްސަލައިގައި ބިލިއަނަރު އިލޮން މަސްކް ހުށަހެޅި 44 ބިލިއަން ޑޮލަރުގެ ޑީލް ނިންމަން ދީފައި އޮތް މުހުލަތު މިއަދަށް ހަމަވި އިރު އޭނާ ވަނީ އިއްޔެ މޫނު ދޮންނަން ބޭނުން ކުރާ ޒާތުގެ ސިންކެން ހިފައިގެން ޓްވިޓާ ހެޑްކްއާޓަރަށް ގޮސްފައެވެ. އޭނާ އިއްޔެ ދޭން ބޭނުންވި މެސެޖަކީ ކޮބައިކަން މާބޮޑަށް ސާފު ނުވިނަމަވެސް މިއަދު ޑީލް ނިންމަން ކޯޓުން އޮތީ މުހުލަތު ކަނޑައަޅާފައެވެ.
ޓްވިޓާ ގަތުމުގެ މައްސަލައިގައި މަސްކް 44 ބިލިއަން ހުށަހެޅުމަށް ފަހު، ފޭކް އެކައުންޓްތަކާއި ބޮޑުތައް ހިންގާ ކަމަށް ޓްވިޓާއަށް ތުހުމަތުކޮށް، ޓްވިޓާއިން މަސްކަށް ދިން ތަފށްހިސާބުވެސް ނުބައި ކަަމަށް ބުނެ ޑީލް އޮފް ކުރިއެވެ. ނުވަތަ ޑީލް ހުއްޓާލިއެވެ. ނަމަވެސް ޓްވިޓާގެ ޝެއާހޯލްޑަރުން އެ މައްސަލަ ކޯޓަަށް ވެއްދުމާއެކު، އަލުން ޑީލް ނިންމަން މަސްކް ހުށަހަޅާ ކޯޓުން ބޭނުން ހައްލު ކުރުމަށްވެސް ވާހަކަ ދެއްކިއެވެ. އެއާއެކު ކޯޓުން އޮތީ ޑީލް ނިންމަން މިއަދާ ހަމައަށް ވަގުތު ދީފައެވެ.
މިއަދު ޓްވިޓާ ގަތުމަށް ފަހު އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ، ޓްވިޓާގެ ސީއީއޯ ޕަރާގް އަގަރަވާލް ވަޒީފާއިން ކަނޑާލުމެެވެ. ދެން ކަނޑަލީ ޗީފް ފައިނޭންޝަލް އޮފިސަރު ނެޑް ސޭގަލް އާއި ލީގަލް ޕޮލިސީ އެންޑް ޓްރަސްޓްގެ ހެޑް ވިޖަޔާ ގައްޑޭއެވެ. މީގެ އިތުރުން ޓްވިޓާގެ ޖެނެރަލް ކައުންސެލް ސީން އެގެޓްވެސް ވަނީ ކަނޑާލާފައެވެ.
މިއާއެކު މަސްކް ވަނީ "ދަ ބާޑް އިޒް ފްރީޑް" ޖަހާ ޓްވިޓާ ލޯގޯގައި އޮންނަ ދޫނި މިނިވަން ވީ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.
މަސްކް އަކީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތު ކުރާ މީހަކަށް ވާ އިރު، ޓްވިޓާއިން ބޭރު ކުރި އެމެރިކާގެ ކުރީގެ ރައީސް އަދި އަސްކުގެ އެކުވެރިއެއްކަމަށް ވާ ޑޮނާލްޑް ޓްރަމްޕް ގެ އެކައުންޓް އަލުން އެކްޓިވޭޓް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މަސްކް އަކީ މިވަގުތު ދުނިޔެގައި ހުރީ އެންމެ މުއްސަނދި މަހުޖަނެވެ.