އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އެޓެންޑެންޓުންގެ ޔުނީފޯމަށް ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ޔުނީފޯމަށް ގެނައި ބަދަލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ އެކަމަށް ހައްލު ހޯދައިދިނުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ގޮވާލައްވާފައެވެ.
ޝުޖާއު ވަނީ އަލަށް ހެދި ޔުނީފޯމް އުސޫލާމެދު އެ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ އުމުރުން ދުވަސްވީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޝުޖާއު ވިދާޅުވީ އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ އަންހެންގެ ޔުނީފޯމް ދިގުމިން ކުރުވުމާއެކު ހެދުމުގެ ޑިޒައިން ގަޔަށް ދޫކޮށް ނުބެހެއްޓޭނެ ފަދަ ޑިޒައިނަކަށް ވުމުން އޮތް ކަންބޮޑުން ކަމަށާއި އެ އުމުރުގައި ކުދި އާބާދީތަކުގައި ހިދުމަތް ދިނުމަށް ނިކުމެ މަސައްކަތް ކުރުމަށް އެފަދަ ހެދުން އެޅުމަށް ލަދުވެތި ގޮތެއް ކަމުގައިވެސް ދެކޭކަމެއް ކަމުގައި އެ މީހުން ފާހަގަ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ޔުނިފޯމް އުސޫލުގެ ސަބަބުން ވަޒީފާތަކުން ވަކިވަން މަޖުބޫރު ވެދާނެކަމުގެ ކަންބޮޑުވުންވެސް އޮތް ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ އަތޮޅުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރަށް އެއްވެސް ކުރިއެރުމެއް ނުލިބި ސިއްހީ ދާއިރާއާމެދު އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައި މިފަދަ ޕޮލިސީއެއްގެ ސަބަބުން ވަޒީފާއިން މުސްކުޅިވުމަށް ގާތްވެފައިވާ އަދި ރަށް ފުށުގެ އިޖްތިމާއި އެހެނިހެން ގަބޫލުކުރުންތަކާއި ދިމާނުވާ އުސޫލަށް މިހާރު އަމަލުކުރުމަށް ފޮނުއްވާފައިވާ ޔުނިފޯމް އުސޫލުގެ ސަބަބުން ސިއްހީ ދާއިރާއާއި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށް ވަޒީފާގައި ދެމިތިބުމުގެ ނުތަނަވަސްކަމެއް އުފެދުމަކީ ސިޔާސީ ގޮތުންވެސް ގެއްލުން ބޮޑުވުމުގެ ފުރުސަތުއޮތްކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މުޅިންވެސް ދީނާއި ދުރުކުރުމުގެ މަސައްކަތުގައި ކެރަފާ މެން ތިބެގެން ތެޅިބާލަނީ