ޔޫރަޕްގެ ހަކަތައިގެ އިންޑަސްޓްރީން ރަޝިއާއަށް ބަރޯސާ ވުން ދޫކޮށްލުމަށް ފެށި އާ ގޭސް ހޮޅިން ގޭސް ދޫކުރަން ފަށައިފިއެވެ.
ބޯލްޓިކް ޕައިޕްލައިން ގެ ނަމުގައި ޕޮލޭންޑްގެ ގޭޒް ސިސްޓަމްއިން އޮޕަރޭޓް ކުރާ މި ހޮޅި ނޯވޭއިން ފެށިގެން ގޮސް ޑެންމާކް ތެރެއިން ލައިގެން ޕޮލެންޑާ ހަމައަށް މިހާރު ވަނީ އަޅާ، ގޭސް ދޫކުރަން ފަށާފައެވެ.
ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށުމުގެ އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފެށި މި ހޮޅީގެ މައިގަނޑު ބޭނުމަކީ، ޔޫރަޕުން ރަޝިއާގެ ގޭހަށް ބަރޯސާވުން ކުޑަކޮށް، މުސްތަގުބަލުގައި ރަޝިއާއަށް ބަރޯސާ ނުވެ ހަކަތައިގެ އިންޑަސްޓްރީއަށް ބޭނުންވާ ގޭސް ޔޫރަޕްގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށް ދިނުމެވެ.
މި ހޮޅި ރަސްމީކޮށް ހުޅުވާ ގޭސް ދޫކުރަން ފަށާފައި ވާ އިރު މިހާރު ދުވާލަކަށް 61 ކިލޯވޮޓްއަވާސް (61kwh) އަށް ބޭނުންވާ ވަރަށް ގޭސް ފޮނުވައެވެ.
ގެޒް ސިސްޓަމުން ބުނާ ގޮތުން މި ހޮޅިން އަހަރަކު 10 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ފޮނުވޭނެއެވެ.
ޔޫރަޕްގެ އާ ގޭސް ހޮޅި ހުޅުވި އިރު، އޭގެ އެއް ދުވަސް ކުރިން، ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ 2 ހޮޅިން 1 ހޮޅި ފަޅައިގެން ގޮސް ކަނޑުތެރެއަށް މެތޭން ގޭސް ދަނީ ލީކްވަމުންނެވެ. މި ހޮޅި ގަސްދުގައި ރަޝިއާއާއިން ފަޅާލި ކަމަށް ޔޫރަޕުން ތުހުމަތު ކުރާއިރު ރަޝިއާ އިން ބުނަނީ، އެ ހޮޅިއަށް ގެއްލުން ދިނީ ޔޫރަޕުން ކަމަށެވެ. ގާތްގަނޑަކަށް ކިލޯ މީޓަރަކަށް ގޭސް ފެތުރެމުން ދާއިރު، ބޯލްޓިކް ކަނޑުގައި އޮންނަ ބޯންހޯމް ރަށާ ކައިރިން ދަތުރު ކުރާ އުޅަނދުފަހަރު ސަމާލުވުމަށް ވެސް ވަނީ ގޮވާލާފައެވެ.
ރަޝިއާއިން ޔޫޕަރަށް ގޭސް ފޮނުވާ 2 ހޮޅިން އެއް ހޮޅި ހަނގުރާމައިގެ ކުރިން ބަންދު ކުރި އިރު 2 ވަނަ ހޮޅި ބަންދު ކުރީ ހަނގުރާމަ ފެށުނު ފަހުންނެވެ. އަދި ހަނގުރާމަ އާއެކު ޔޫރަޕަށް ދޫކުރި ގޭހުގެ އަދަދު ބޮޑުތަނުން މަދުކޮށް، ރަޝިއާގެ ރުބެލް އިން ގޭހަށް ލާރި ދައްކަން ރަޝިއާއިން އެންގުމުން ޕޮލެކްޑުން ދެކޮޅު ހެދުމާއެކު، ޕޮލެންޑަށް ގޭސް ދުކުރުން އޭޕްރީލް އިން ފެށިގެން ރަޝިއާ އޮތީ ހުއްޓާލާފައެވެ.
އަންގާރަ ދުވަހު އާ ހޮޅި ހުޅުވައިދެއްވީ، ޑެންމާކާއި، ނޯވޭއާއި ޕޮލޭންޑްގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ނޯވޭގެ އެނާޖީ މިނިސްޓަރު ވިދާޅުވީ، މިއީ ރަޝިއާގެ ގޭހުން ޔޫރަޕް މިނިވަން ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރަޝިއާގެ އެސްޓީ ޕީޓަސްބާގުން ޖަރުމަނުގެ އިރުއުތުރަށް ކަނޑުއަޑިން އަޅާފައިވާ 2 ހޮޅިއަކީ 1200 ކިލޯމީޓަރުގެ ދިގު ދެހޮޅިއެވެ. މި ދެ ހޮޅިން ދުވާލެއްގެ މައްޗަށް 170 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އޭރު ފޮނުވިއެވެ.