އުރީދޫއިން ހުޅުވާލާފައިވާ ހާއްސަ ޕްބަޖީ ޑޭޓާ ޕެކް އޮފާ އެކްޓިވޭޓް ކޮށްލައިގެން ރާއްޖޭގައި ހުންނަ ވީއާރު ކެފޭގައި 1 ގަޑިއިރު ހިލޭ ކުޅެލަން ލިބޭ ފުރުސަތެއް ހުޅުވާލައިފިއެވެ.

މި ފެށޭ އޮކްޓޯބަރު 6 ގެ ކުރިން ޕަބްޖީ ޑޭޓާ ޕެކް އެކްޓިވޭޓް ކުރާ މީހުންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ލިބޭ މިފުރިސަތު ހޯދުމަށް އަވަހަށް ޕަބްޖީ ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލަން އުރީދޫން އެދެއެވެ.

ޕަބްޖީއަށް ހާއްސަ ވީކްލީ އަދި މަންތްލީ ޕެކޭޖްތަކެއް އުރީދޫން ވަނީ ތައާރަފް ކޮށްފައެވެ. އެ ޕެކޭގް ތަކަކީ؛

ޕަބްޖީ50

  • ޖީބީ: 1 ޖީބީ ޕަބްޖީ ޑޭޓާ
  • ވެލިޑިޓީ: 7 ދުވަސް
  • އަގު: 50 ރުފިޔާ

ޕަބްޖީ100

  • ޖީބީ: 2 ޖީބީ ޕަބްޖީ ޑޭޓާ
  • ވެލިޑިޓީ: 30 ދުވަސް
  • އަގު: 100 ރުފިޔާ

ޕަބްޖީ350

  • ޖީބީ: 50 ޖީބީ ޕަބްޖީ ޑޭޓާ
  • ވެލިޑިޓީ: 30 ދުވަސް
  • އަގު: 350 ރުފިޔާ

އުރީދޫ އެޕް އިން ޕަބްޖީ ޑޭޓާ ޕެކޭޖް އެވްޓިވޭޓް ކޮށްލެވޭނެއެވެ. ނޫނީ އުރީދޫއަށް ގުޅާލައި #1*5*929* ޖެހުމުންވެސް އެކްޓިވޭޓް ވާނެއެވެ. ނުވަތަ ޓެކްސްޓް މެސެޖަކުން PUBG100 ،PUBG50 ނުވަތަ PUBG350 ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސްއެއް ފޮނުޥާލުމުންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ޕަބްޖީއަށް ހާއްސަ ޕެކޭޖް އޮފާތައް އުރީދޫން އާންމު ކޮށްފައި ވާއިރު، 500 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ނޭޝަންގެ ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ވަނީ ފަށާފައެވެ.

އުރީދޫން ބުނީ ސީރީޒް ދޭއްގައި 500 އަށް ވުރެ ގިނަ ގޭމަރުން ބައިވެރިވާ ކަމަށެވެ.