މިފްކޯއިން ގއ. ކޫއްޑޫގައި ހިންގަމުން އަންނަ މަސް ޕެކްޓްރީގައި މަސައްކަތް ކުރަން އުޅުނު މީހަކު 20 ފޫޓު މަތިންވެއްޓި އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތުދެމުން މިޕްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޫއްޑޫގެ އިމާރާތެއްގެ ފުރާޅު ބަދަލު ކުރަން އުޅުމުގެ ތެރޭގައި ބިދޭސީ މުވައްޒަފަކު 20 ފޫޓު މަތިން ވެއްޓިފައިވާ ކަމަށާއި އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް ގއ އަތޮޅު ހޮސްޕިޓަލުގެ ފަރުވާދެމުން އަންނައިރު މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާލިބިފައިވަނީ އިންޑިއާއަށް ނިސްބަތްވާ މިފްކޯގެ މުވައްޒަފަކަށެވެ.