‎‎އިތުރު ވަމުންދާ ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ގޮވާލައްވައިފިއެވެ.

‎މިނިސްޓަރު މިހެން ވިދާޅުވީ، ޔުނެސްކޯއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޔޫތު އޭޒް ރިސާާޗާސް އިން ސްރީލަންކާ އެންޑް ދަ މޯލްޑިވްސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 45 ޕަސަންޓަކީ ޒުވާނުން ކަމަށާއި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޝާމިލުވުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ ގޮތްތަކެއް އިސްނެގުމާއި އެކު ހޯދުމަކީ އެދިލައްވާ ކަމެއް ކަމަށެވެ. އަދި ރިސާޗުގެ ސަބަބުން ޒުވާނުން ކަންކަމުގައި އިސްނަގައި ޝާމިލުވުމުގެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.‎

ޒުވާނުންނަށް ސިޔާސަތުތަކާއި ޑިމޮކްރަސީއާ ބެހޭގޮތުން ދަސްކުރެވޭނެ އެންމެ މުހިއްމު ކަމަކީ އަޑުއުފުލުމަށް ހިތްވަރު ދިނުމާއި ނިންމުންތައް ނިންމުމުމަށް ފުރުސަތު ލިބުމާއި އަދި ނުފޫޒު ފޯރުވުމަށް ފުރުސަތު ލިބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާން ދިރާސާވެރިންނަށް ވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި އެކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު ވަނީ ‎2020 ވަނަ އަހަރު ޝާއިއުކުރި އައިއެލްއޯގެ “ޔޫތު އެންޑް ކޯވިޑް-19: އިމްޕެކްޓްސް އޮން ޖޮބްސް، އެޑިއުކޭޝަން، ރައިޓްސް އެންޑް މެންޓަލް ވެލްބީން” ރިޕޯޓުން އެތަކެއް ފިލާވަޅެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. އެ ރިޕޯޓަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގައި އެކަހެރި ވެގެންދިޔަ ޒުވާނުންނަށް ނަފްސާނީ އަސަރުކުރުވި ކަން އެ ރިޕޯޓުން ފާހަގަވި ކަމަށެވެ.

އެހެންކަމުން ކޮވިޑް-19ގެ ދުވަސްވަރު އެމީހުންނަށް ކުރިމަތިވި މައްސަލަތައް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު މި ރިސާޗުން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ، އެކަހެރިވެގެން ދިޔަ ޒުވާނުންނަށް، ނުވަތަ ސްކޫލް ބަންދުކޮށް، މޮބިލިޓީއާއި ވަޒީފާ ގެއްލިގެން ދާން ޖެހުނު ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ އަސަރުތައް. އަޅުގަނޑުމެން އެބޭފުޅުންނާ މަޝްވަރާކުރަންޖެހޭ، އަޅުގަނޑުމެންނަށް ރަނގަޅަށް ބިލްޑް ބެކް ކުރުމަށް ކުރާ މަސައްކަތުގައި. ޒުވާނުންގެ ހިޔާލު ފާޅުކޮށްގެން ހުރިހާ ފެންވަރެއްގައި ނިންމުންތައް ނިންމުމުގައި އެމީހުންނަށް ކުރިމަތިވި މައްސަލަތައް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ.‎
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަކީ ކެތްތެރި، ދަތިތަކާއި ކުރިމަތިލާންކެރޭ އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގައި ގާބިލުކަން ބޭނުންކުރަން ދަންނަ ބަޔަކަށް ވާންޖެހޭ ކަމަށް އެ ރިޕޯޓުން ފާހަގަވި ކަމަށެވެ. އެހެންކަމުން ސިޔާސަތުތައް އެކުލަވާލާ، ތަންފީޒުކުރާ ގޮތާއި ޒުވާނުންނަށް އަސަރުކުރާނެ ސިޔާސަތުތަކުގައި އަޑު އުފުލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ‎

މިނިސްޓަރު އިތުރަށް ވިދާޅުވީ، މުޖުތަމައުގައި ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދެކެވި ޒުވާން ދިރާސާވެރިންގެ ވިސްނުންތަކުގެ ސަބަބުން ހެޔޮ އަދި މާނަހުރި ބަދަލެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.‎

މީގެ އިތުރުން ނިންމުންތައް ނިންމުމުގައި ޒުވާން ދިރާސާވެރިން ބައިވެރި ކުރުމުގެ ސަބަބުން ޒުވާނުންނަށް ފައިދާ ކުރާނެ ކަމަށާއި އެކަމަށްޓަކައި ޔުނެސްކޯއާއި ޕީއާރުއައިއޭއަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.