އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކުން ވިއްކާ ހިޓާޗީ ބްރޭންޑްގެ ފްރިޖުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، ހިޓާޗީ ފްރިޖް ޕްރޮމޯ ކުރިޔަށްދާނީ މިއަދުން ފެށިގެން ނުވެންބަރުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކަމަށެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗާއެއް ލިބޭއިރު މި ގިފްޓް ވޮއުޗާގެ ދަށުން އިނާމުގެ ގޮތުގައި ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެތި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ކޫޕަން ލިބޭނީޑިޖިޓަލް ކޫޕަންއެއްގެ ގޮތުގައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.