ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮއްދިއްޕަރު ރިސޯޓްކައިރީގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ މިއަދު މެންދުރު 12:09 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން މީހަކަށް އަނިޔާއެއް ވީ ކަމެއް އަދި ލޯންޗަށް ލިބުނު ގެއްލުމެއް ސާފެއް ނުވެއެވެ.