25000 ޕާރކިން ވަޔަލޭޝަ ސްޓިކާ ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު ހެނދުނު 10 އަށް އެ މިނިސްޓްރީ ހިންގާ ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.

ގިނަ އަދަދެއްގެ ޕާކިން ސްޓިކާ ޕްރިންޓްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި މިވަނީ މާލޭގައި ފެށި ބަހުގެ ހިދުމަތާއެކު މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށްފައި ވަނިކޮށް ޕާކުކުރި މައްސަލާގައި ގިނަ އަދަދެއްގެ ސްޓިކާ ޖަހާފައި ވަނިކޮށެވެ.

އެގޮތުން މިނީ ބަހުގެ ހިދުމަތްދޭން ފެށި ފުރަތަމަ ހަފުތާގައި އެކަނިވެސް 538 ވަޔަލޭޝަން ސްޓިކާ ޖަހާފައިވާއިރު 30 ސައިކަލާއި އެއް ކާރު ވަނީ ޓޯކޮށްފައެވެ.