އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން ނުވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިއަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުން ވެސް 10 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޕާސިލް ބެރޭންޑްގެ ޑިޓާޖެންޓް ތިން ފުޅި ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ހިޓާޗީ މެޝިން ގަންނައިރު، ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭއިރު ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއާކޮންޑިޝަނާ އެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވާ ހީޓާ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.