މިއަދު ދުނިޔޭގެ "އީޓް އެން އެޕަލް ޑޭ" ފާހަގަ ކުރާ އިރު އެ ދުވަހާ ގުޅިގެން އެސްޓީއޯ އިން މިއަދު ހަވީރު ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ. މި ދުވަހާ ގުޅިގެން ކޮންމެ ދުވަހަކު އާފަލެއް ކާލުމުގެ އާދަ ކުރުމަށް އެސްޓީއޯ އިން ވަނީ ގޮވާލާފައެވެ.

އެސްޓީއޯގެ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އެސްޓީއޯ ޕާކް ގައެވެ. އެސްޓީއޯއިން މި ދުވަސް ފާހަގަ ކުރަނީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށާއި އަދި މިއަދު ހަވީރު އެސްޓީއޯ ޕާކުގައި އާފަލު ބެހުން އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ ޕާކަކީ އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުން، އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީ އޮންނަ ހިތްގައިމު ޕާކެވެ މި ޕާކުގައި ކަސްރަތުކުރުމުގެ ސާމާނު ވެސް އެސްޓީއޯއިން ވަނީ ހަރުކޮށްފައއެވެ. އެސްޓީއޯގެ ހީވާގި މުވައްޒަފުން ބަލަހައްތަމުންދާ މި ޕާކަކީ ރޭގަނޑު ވެސް ރީތި ލައިޓްތަކުން ދިއްލާލާފައި އޮންނަ ނަލަ ޕާކެކެވެ.

ކޮަންމެ ދުވަހަކު އާފަލެއް ކެއުމަށް އާދަކުރުމަކީ ސިއްހަތަށް ގިނަ ގުނަ ފައިދާތައް ލިބޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ރާއްޖެއަށް އެތެރެ ކުރާ އާފަލުގެ ތެރޭގައި ހިމެނޭ ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުރެއެވެ.

އާފަލަކީ ފެން، ގިނަ އަދަދަކަށް އެކުލެވޭ މޭވާއެއް ކަމުން ކެއުމުގެ ކުރިން ނުވަތަ ކާ ތަކެތީގެ ތެރޭގައި އާފަލު ހިމެނުމުން ބަނޑުހައި ނުވެ ގިނަ ވަގުތު ހިފަހައްޓައި ދެއެވެ. އަދި ދުވަސް ފެށުމުގެ ނާސްތާއެއްގެ ގޮތުގައި އާފަލު ހިމެނުމަކީ މުހިންމު ކަމެކެވެ. ޑައިޓް ޕްލޭންތަކުގައި އާފަލަކީ ކޮންމެހެން ހިމަނަންޖެހޭ މޭވާއެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އާފަލުން ލިބޭ އިތުު ފައިދާތަކަށް ބަލާއިރު، މިއީ ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރުކޮށްދޭ މޭވާއެކެވެ. މި މޭވާގައި ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އެގޮތުން އާފަލަކީ އެކި ބާވަތުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ ވެސް މޭވާއެކެވެ. މި މޭވާގައި އެކުލެވޭ ހާބްސް، ވިޓަމިން ސީ، ވިޓަމިން ކޭ، ޕޮޓޭސިއަމްގެ ސަބަބުން ނޭވާ ހިއްލުމުން ވެސް ދުރުކޮށް ދެއެވެ. އަދި އުމުރުން ދުވަސް ވުމުން ހަށިގަނޑުގެ ކަށިތަކުގެ ބާރު ދެރަވާ ދެރަވުމުން ދުރު ކޮށްދެއެވެ. ކިޔަވާ ދުވަސްވަރު ދަރިވަރުން އާފަލު ކާނަމަ އެކުދިންގެ ސިނކުނޑި ތާޒާވެ ސިކުނޑި އިތުރަށް ހުޅުވުމަށް މަގުފަހި ވާ ކަމަށް ވެސް ބައެއް ސިއްހީ މާހިރުން ބުނެއެވެ.

މި ސަބަބުތަކާ ހުރެ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަސް ކޮންމެ ދުވަހަކު އާފަލެއް ކާލުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.