މިހާރު މާލޭގައި ދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތް ދެން އަންނަ ސަރުކާރެއްގައި ހުއްޓުވާނެ ކަމަށް ޓެކްސީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް ދެއްވި މައުލޫމާތުގައި އަބްދުﷲ ވިދާޅުވީ މިނީ ބަހުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބަދަލެއް ނާންނާނެ ކަމަށާއި ދަތުރުތަކަށްވެސް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
މީގެ ކުރިންވެސް މާލޭގެ މަގުތައް ތޮއްޖެހޭނެތީ އެ އެސޯސިއޭންއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަބްދުﷲ ވިދާލުވީ މިނީ ބަހާއެކު މާލޭގެ މަގުތަކުގައި ކުރިއަށްވުރެ ޓްރެފިކް މައްސަލަތައް އިތުރުވެފައިވާ ކަމަށާއި މިނީ ބަސް ދުއްވުމަކީ އެއްވެސް އިރަކު މާލޭގަ ބަސް ދުއްވާކަށް ގަބޫލެއް ނޫން ކަމަށެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު މާލޭގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު ބަސްތައް ދަތުރުކުރާނީ 3 ރޫޓަކުންނެވެ. އެއީ އަޯކިޑް ރޫޓް، އަމީނީ ރޫޓް އަދި ސޯސަން ރޫޓެވެ. އަމީނީ ރޫޓްގައި 8 ސަރަހައްދަކަށް ބަސް މަޑުކުރާއިރު ސޯސަން ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.
ޓެކްސީ އެސޯސިއޭޝަނުން މިހެން ބުނި އިރު. ބަހަށް ދަތިވާނެހެން ޕާކު ކުރުމާއި ވެހިކަލް ހުއްޓާލައިގެން ނުވަތަ މަޑުކޮށްލައިގެން އޮތުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.
މިކަހަލަ ތާކުންތާކު ނުޖެހޭ މީހުންދައްކާ ވާހަކަ ބޮޑުޚަބަރަކަށް ހަދައިގެން ޖަހާ މީހުން މާ މޮޔަ ކަމަށް މަށަށް ފެންނަނީ
ޙަޖަމުނުވަނީ ހަމަ ތިޓެކްސީޑުރައިވަރުންނަށް