ކޯމާގައި ތިން ހަފްތާ ފަހުން އޮވެ، ހޭއެރި އޮސްޓްރޭލިއާ އަށް އުފަން ބްރީ ޑުވަލް 25، ގެ ލޯބިވެރިޔާ އެހެން އަންހެނެއް ހޯދައިފިއެވެ.
ބޭރުގެ ނޫހެއް ކަމަށްވާ "ނިޔު ޔޯކް" ޓައިމްސް އިން ބުނީ ކެނެޑާގައި ދިރިއުޅޭ މި އަންހެން މީހާގެ ލޯބިވެރިޔާ އާއްކޮށް ހަތަަރު އަހަރުވަންދެން އުޅުނު ކަމަށެވެ. އަދި ދެ މީހުން "ލިވިން ރިލޭޝަންޝިޕެއް" ގައި އުޅެނިކޮށް އެއްރޭ ބްރީ އޭނާގެ ރަހުމަތްތެރިންނާއެކު ބޭރުގައި އުޅެނިކޮށް އޭނާއަށް ދިމާވި ހާދިސާ އަކާއި ގުޅިގެން ކޯމާއަކަށް ދިޔައީ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ބްރީ ވެއްޓުނީ ހަދަމުންދާ އިމާރާތަކުން ވެއްޓިއެވެ. އެ އިމާރާތަށް އެމީހުން ވަނީ ސަކަރާތްޖަހާށެވެ. ނަމަވެސް އެތަން އަނދިރި ކަމުން ބްރީ ހިނގަމުން ގޮސް އަރިއަޅައިލައިގެން މަގުމައްޗަށް ވެއްޓުނެވެ. އެއާއެކު ވަގުތުން ފަރުވާ ދިނުމަށް ޔުނިވަސިޓީ އޮފް އަލްބާޓާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާދޭން ފެށިއެވެ. އޭނާ ފުރަތަމަ ގެންދިޔައިރުވެސް ދިރިހުންނާނެ ކަމަށް ޑަކްޓަރުން ދިނީ އެންމެ 10 އިންސައްތައެވެ. ނަމަވެސް ބްރީގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ގޮސް ހޭއެރީ ތިން ހަފްތާ ފަހުން ކަމަށް އެ ނޫހުން ބުންޏެވެ.
ހޭއެރުމާއެކު ބްރީ ބޭނުންވީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ކޮބައިތޯ ބެލުމަށެވެ. އެހެންވެ މަންމަ ގާތު ކިޔައިގެން ބްރީގެ ފޯނު ހޯދައި، ފޯނު ޗާޖުކޮށް ފޯނު ހުޅުވިއެވެ. ނަމަވެސް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ލޯބިވެރިޔާ އޭނާ ސޯޝަލް މީޑިއާ އިން ބްލޮކް ކޮށް ކޯލް ލޮގް އިން ވެސް ބްލޮކްކޮށްފައިކަން ބްރީ އަށް އެނގުނެވެ. އަދި އެ ލޯބިވެރިޔާ މިހާރު ގެންގުޅޭ އަންހެން މީހާގެ މެސެޖުތައް ވެސް ފުނިފުންޏަށް ބްރީ އަށް އައެވެ.
އެ މެސެޖުގައި ބުނީ ބްރީގެ ލޯބިވެރިޔާ އާއެކު އޭނާ (މިހާރު ބްރީގެ ލޯބިވެރިޔާ ގެންގުޅޭ އަންހެން މީހާ) މިހާރު އެއްކޮށް ދިރިއުޅޭ ކަމަށާއި އަދި ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މީގެ ފަހުން ފިރިހެން މީހާ އާއި ބްރީ ގުޅަން މަސައްކަތް ނުކުރުމަށް އެ މެސެޖުގައި އެ އަންހެން މީހާ ވަނީ ބުނެފައެވެ.