ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދެ މައި ގޭސްހޮޅިތައް ނުހުޅުވުމުގެ ސަބަބުން ޔޫރަޕްގައި ގޭހުގެ އަގުތައް 26 ޕަސެންޓަށް އުފުލި ޔޫރަޕުން ރުޅިގަދަވެއްޖެއެވެ.
ގޭހުގެ މަސައްކަތް ކުރަ ރަޝިއާގެ ސަރުކާރު ކުންފުނި ގެޒްޕްރޮމް އިން ބުނީ، މަރާމާތަށް ފަހު ހޮނިހިރު ދުވަހު ހޮޅިތައް ހުޅުވާ ގޮތަށް އޮތް ނަމަވެސް އިތުރު ލީކެއް ފެނުމާއެކު ހޮޅިތައް އަލުން ހުޅުވުން ލަސްވެފައި ވާ ކަމަށެވެ. ހޮނިހިރު ދުވަހު ހޮޅިތައް ހުޅުވަން ކުރިން ނިންމީވެސް 3 ދުވަހުގެ މަރަމާތަކަށް ހޮޅިތައް ބަންދުކޮށްފައި އޮތުމަށް ފަހުއެވެ.
ރަޝިއާގެ މި ނިންމުމާ ގުޅިގެން ޔޫޕަރުން ބުނީ، ޔޫކްރައިން ހަނގުރާމައިގައި ޔޫރަޕުން ގެންގުޅޭ ސްޓޭންޑެގް ސަބަބުން ރަޝިއާއިން ގަސްދުގައި ޖެއްސުން ކުރަނީ ކަމަށެވެ.
ނަމަވެސް ރަޝިއާއިން ބުނީ އެއީ އެއްގޮތަކަށްވެސް އެހެން ވާ ކަމެއް ނޫން ކަމަށާއި އިތުރު ލީކެއް ފެނުމުން، މަޑުޖެހުނީ ކަމަށެވެ.
ރަޝިއާއިން ޔޫރަޕަށް އަޅާފައި އޮންނަ ގޭސް 2 ހޮޅި އޮންނަނީ ޕީޓަސްބާގުން ފެށިގެން ގޮސް ޖަރުމަނަށެވެ. ޔޫކްރައިން ހަނގުރާމަ ފެށުނު ފަހުން މި ދެހޮޅިން އެއް ހޮޅި ބައްދުކޮށްފައި ނުވި ނަމަވެސް، ދެވަނަ ހޮޅި މަރާމާރަށް 10 ދުވަހަށް ބަންދުކޮށް އަލުން ވަނީ ހުޅުވާފައެވެ. އެ ހޮޅިން ދުވާލެއްގެ މައްޗަށް 170 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އޭރު ފޮނުވިއެވެ. ނަމަވެސް އެ ހޮޅިވެސް މަރާމާތަށް ފަހު ދެން ގޭސް ދޫކުރަން ފެށީ އެއަށް ވުރެ މަދުންނެވެ.
ރޫކްރައިން ހަނގުރާމައަށް ތާއީދު ކުރާ ޖީ 7 ގެ ގައުމުތަކަށް ރަޝިއާއިން އަޅާ ދަތިރުކުރުމުގެ އެއް ފިޔަވަޅަކީ ގޭސް ހިފެހެއްޓުން ކަމަށް ޔޫރަޕުން ތުހުމަތު ކުރާ އިރު، ރަޝިއާއިން ގޭސް ގަންނަ ޔޫރަޕްގެ ގައުމުތަކާ އެކު އެއްބަސްވެފައި ވާ އަގަށް ވުރެ ބޮޑުކޮށް ގޭސް ވިއްކަން ރަޝިއާއިން އުޅުމުންވެސް ޔޫރަޕުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.
ޔޫރަޕްގައި ނެޗުރަލް ގޭސް މިހާރު ހުރީ މެގަވޮޓަކަށް އެވްރެޖްކޮށް 220 ޔޫރޯއާއި 270 ޔޫރޯ އަ ދެމެދުގައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކަށް މިހާރު މަކުބޫރުވެފައި ވަނީ ރަޝިއާއިން ގޭސް ގަންނަން އެއްބަސްވެފައިވާ އަގުތަކަށް ވުރެ 300 އާއި 400 ޕަސެންޓް މަތީ އަގުތަކެއްގައި ގަންނާށެވެ. މިއާއެކު، މުޅި ޔޫރަޕްގައި ގޭހުގެ އަގު ވަނީ އެވްރެޖް ކޮށް 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ އަގަކަށް އުފުލިފައެވެ.
ޔޫރަޕަށް ނެޗުރަލް ގޭސް ލިބޭނެ މަގުތައް މަދު ކަމަށް ވާއިރު ޔޫރަޕްގެ އެކި ސިނާއަތްތަކަށް ބޭނުންވާ ހަކަތަ އުފައްދަނީ ރަޝިއާއިން ފޯރުކޮށްދޭ ގޭހުންނެވެ. ޔޫކްރައިން ހަނގުރާމަ ފެށިގެން މިހާތަނަށް އައި އިރު، ޔޫރަޕުން ރަޝިއާއަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އެޅި ނަމަވެސް ގޭސް ހޮޅިތައް އޮތީ ދޫކޮށްލާފައެވެ.
ރަޝިއާގެ މި ފިޔަވަޅާއެކު ނެޗުރަލް ގޭހަށް ޔޫރަޕު ޖެހި އިގުތިސޯދީ ކާރިސާއެއް ކުރިމަތިވިޔަ ނުދިނުމަށް ގޭސް ލިބޭނެ އިތުރު މަގުތައް ޔޫރަޕުން ހޯދަމުން ދާއިރު، ވިޔަފާރިތަކާއި އާންމު ހިދުމަތްތަކަށް ސްޓިމިއުލަސް ޕެކޭޖްތައްވެސް ދަނީ ތައާރަފު ކުރަމުންނެވެ. އެގޮތުން ޖަރުމަނުން ވަނީ ގޭހުގެ އަގުތައް ހިފެހައްޓާ ހަކަތައިގެ ސިނާއަތަށް ސަޕޯޓު ދިނުމަށް 65 ބިލިއަން ޕައުންޑުގެ ޕެކޭޖެއް އިއްޔެ އިއުލާން ކޮށްފައެވެ.