މިއަދު ހެނދުނ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 150 ރުފިޔާގެ ކޮންމެ ވިފަރާި އަކަށް ފްރަގަޓާ އޮލިވް ފުޅިއެއް ދޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދު ހެނދުނު 8:30 އިން 10:30 އާ ދމެދުގެ ވަގުތެއްގައި ކަމަށެވެ. އެ ވަގުތުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން 150 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް 250 އެމްއެލްގެ ފްރަގަޓާ އޮލިވް ފުޅިއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިއީ ހުކުރު ދިުވަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށް ވެސް އެ ކުންފުނިިން ބުނެއެވެ.

އެސްޓީއީ ޕީޕަލްސް ޗޮއިސް އަކީ ދޭތެރެދޭތެރެއިން މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާ ކުންފުންޏެވެ. އެ ގޮތުން ގިވްއަވޭއަށް ގިފްޓް ދިނުމާ ވައުޗާ ދިނުމާއި ފައިސާގެ އިނާމުތައް ވެސް ލިބޭ އެކި ކަހަލަ ޕްރޮމޯޝަންތައް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެއެވެ. ހަމައެއާއެކު އެކި މުނާސަބަތުތަކާ ގުޅިގެން ވެސް ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާއިރު، އޭގެތެރޭގައި އާއަހަރާ ގުޅުވައިގެން ކުރިއަށް ގެންދާ ސޭލްއާއި ރޯދަ ސޭލް ފާހަގަ ކޮށްލެވެއެވެ.